ލައިފްސްޓައިލް

މި ފަހަރު އޯކިޑް، އޭނާގެ މާ!

Mar 6, 2019

މާރިޗް މަަހުގެ އަށް ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ އަންހެނުންގެ ދުވަހެކެވެ. އަންހެނުންގެ ދުވަހު، ހަދިޔާ އެއްގެ ގޮތުގައި ގިނަ ފަހަރަށް އަންހެނުންނަށް ދީ އުޅެނީ ފިނިފެންމަލެކެވެ. ރަތް ފިނިފެންމަލާއި ފިނިފެންމަލުގެ ބޮޑެތި ބޮކޭ ތަކުން އަންހެނުންނަށް މަރުހަބާ ކިޔާ އިރު، ދުވަހުގެ ހާއްސަ ކަމާ ގުޅިފައިވާ ފިނިފެންމަލުގެ ބަދަލުގައި ތަފާތު މަލެއް އެހެން ދިނުން ކިހިނެތް ވާނެ ހެއްޔެވެ؟

މި ހާއްސަ ދުވަހު މަންމަ އަށް ނުވަތަ އަންހެނުންނަށް ނުވަތަ ރައްޓެއްސަކަށް ދޭނެ މަލެއް ހޯދާ އިރު، މާ ދިނުމުން އުފަލުން ފޮޅޭނެ ކަހަލަ މަލެއް މިފަހަރު ދޭށެވެ. "ފްލޯރާ ގްރޭންޑް" އިން އަންހެނުންގެ ދުވަހާ ގުޅުވައިގެން ގެނެސްފައިވާ ހާއްސަ މާ ތަކުގެ ތެރެއިން، ބަދަލެއް ގެނައުމަށް ގެނައީ ބޮޑު އޯކިޑެވެ.

މަޑު މަޑު ފޮނި ވަހެއް ހުންނަ ރީތި އޯކިޑަކީ މަލުގެ ބަގީޗާގައި ވެސް ފާހަގަ ކޮށްލެވޭ މަލެކެވެ. ފްލޯރާ އިން ގެނެސްފައިވާ ތަފާތު ވެރައިޓީތަކުގެ މާ ބޮނޑިތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މި އޯކިޑް މަލަކީ ބިއްލޫރި ކުޑަ ފުޅި އަކަށް ޖަހާ ފޮއްޓެއްގައި ވެސް ބަންދުކޮށްފައިވާ މަލެކެވެ.

މަލެއް ގަނެ އެ މާ ރީތިކޮށް ބަންދު ކުރާނެ ކަރުދާސްގަނޑެއް ހޯދަން ހޭދަވާ ވަގުތު ވެސް ކުރުކޮށްލައިދެ އެވެ. ބޮޑު އޯކިޑް ޖަހައި ސޮލިއުޝަން އަޅާފައި ހުންނަ މި ފުޅީގައި އޯކިޑް ބެހެއްޓުމުން ހަ މަސްވަންދެން ހުންނާނެ އެވެ.

މި އޯކިޑް އޭގެ ރީތި ކަން މަތީ ގިނަ ދުވަހަށް ތާޒާކޮށް ދެމި ހުންނާނެ އެވެ. އަދި ދުވަހުގެ ހާއްސަކަން ވެސް ގިނަ ދުވަސް ވަންދެން ބުނެދޭނެ އެވެ.

ފްލޯރާ ގްރޭންޑުން ފިނިފެން މަލުގެ ބަދަލުގައި އޯކިޑެއް ދިނުމަށް ގެނައި މި ބަދަލާބެހޭ ގޮތުން އެތަނުގެ އެތާނގެ ޑިރެކްޓަރު، އަމްރޫ އަލީ ވިދާޅުވީ "ބޭނުމަކީ މިފަހަރު ތަފާތެއް ދެއްކުން" ކަމަށެވެ.

އަދި އަންހެނުންގެ ދުވަހު އާއްމުކޮށް ދޭ ރަތް ފިނިފެންމަލުގެ ބަދަލުގައި އޯކިޑް ކަހަލަ ރީތި މަލެއް ވެސް ދެވިދާނެ ކަން ބުނެދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި ގިނަ ދުވަހަށް ހުންނާނެ ކަހަލަ ގޮތަކަށް ޕެކް ކޮށްފައި ހުންނަ މި އޯކިޑް އިންވެސް އަންހެނުންގެ ދުވަސް ހާއްސަ ކޮށްދެވޭނެ ކަން ބުނެދޭނެ" އޭނާ ވިދާޅުވި އެވެ.

އަންހެނުންގެ ދުވަހަށް ހާއްސަކޮށް ފްލޯރާ އިން ގެނައި މި އޯކިޑްތަކަކީ ނެދަލޭންޑްސްގެ އުފެއްދުން ތަކެކެވެ. ގިނަ ދުވަހަށް ދެމި ހުންނާނެހެން ރީތި ފޮއްޓެއްގައި ބަންދުކޮށް ގެނައި މި މާ އަންހެނުންގެ ދުވަހު ތަފާތެއް ދެއްކުމަށް ދޭށެވެ.