ހަބަރު

މާމެންދޫގެ އިޖްތިމާއީ ކަންކަމަށް ޖަނާ އެހީތެރިވެ ދެއްވަނީ

ޖަނާހު މާމެންދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ އެޗްއާރްއެޗް
0%
0%
0%

ހޮޓަލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ)ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު (ޖަނާ) ގއ. މާމެންދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލު ކުރައްވައި އެ ރަށުގެ ތަރައްގީއަށް އެހީތެރިވެ ދިނުމަށް ނިންމަވައިފި އެވެ.

އިއްޔެ މާލޭގައި ބޭއްވި އެ ބައްދަލުވުމުގައި މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ބައްދަލުވުމުގައި ޖަނާ ވަނީ އެ ރަށުގެ ރައްޔިތުން ހިންގާ ތަފާތު ހަރަކާތްތަކަށް އެހީތެރިވެ ދެއްވާނެ ކަމުގެ ޔަގީން ދެއްވާފަ އެވެ.

އެޗްއާރްސީ ގެ ޗެއާމަން ޖަނައަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ކޮންސްޓްރަކްޝަން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނި ވަޑައިގެންނަވާ ބޭފުޅެކެވެ. ޖަނާއަކީ އެޗްއާރްސީގެ ޗެއާމަންގެ އިތުރުން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސެވެ. އިޕޮޕްކާގެ ރައީސް ކަމުގައި 2020 ވަނަ އަހަރުގެ ނިޔަލަށް ޖަނާ ހުންނަވާނެ އެވެ.

މީގެ އިތުރުން ޖަނާހު އަކީ ރާއްޖޭގެ އިމާރާތް ކުރުމުގެ ގައުމީ ޖަމިއްޔާ މަސީގެ ރައީސްކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި، ރާއްޖޭގެ އިޖުތިމާއީ ތަރައްގީގެ ވަރަށް ބޮޑު ބައިވެރިއެކެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345