ހަބަރު

އައިޓީބީގައި ރާއްޖެ އިސްތިހާރު ކުރަން ފަށައިފި

އައިޓީބީގައި ރާއްޖެ އިސްތިހާރު ކުރުމަށް ހަދާފައިވާ ތަން -- ފޮޓޯ: އެމްއެމްޕީއާރުސީ
0%
0%
0%

ޖަރުމަނުގައި ކުރިޔަށްދާ އައިޓީބީ ބާލިންގައި ސަގާފީ ހަރަކާތްތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަން ފަށައިފި އެވެ.

މި އަހަރުގެ އައިޓީބީގައި އެމްއެމްޕީއާރްސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތައް ބައިވެރިވި އެވެ. ރާއްޖެ ތަމްސީލްކުރަން މި އަހަރު 105 ކުންފުންޏަކުން 270 ފަރާތްތަކުން ބައިވެރިވެފައި ވެއެވެ.

ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މީގެ އިތުރުން ރާއްޖޭގެ ވަފުދުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ފަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ ފެއާގައި ރާއްޖެ އިސްތިހާރު ކުރަނީ 405 އަކަމީޓަރުގެ ދެ ފްލޯގެ ސްޓޭންޑެއްގަ އެވެ.

އައިޓީބީއަކީ ރާއްޖޭން ބައިވެރިވާ ޓޫރިޒަމް ފެއާތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބައިވެރިވާ ފެއާ އެވެ. ޒަމާނުއްސުރެ މި ފެއާ ކަވަރު ކުރަން ރާއްޖޭގެ މިޑިއާގެ ގިނަ ފަރާތްތަކަކަށް ޖާގަ ދެއެވެ. މި އަހަރު އާ ސަރުކާރުން ޓޫރިޒަމް އިޝްތިހާރުގެ ބަޖެޓް ބޮޑު ކުރުމަށް ފަހު ފެއާގައި ބައިވެރި ކުރަނީ ވީޓިވީ އާއި ރާއްޖެ ޓީވީ އެކަންޏެވެ. ދައުލަތުގެ ހުރިހާ ހަރަކާތެއް އާކައިވް ކުރަންޖެހޭ ޕީއެސްއެމް ވެސް މި ފެއާގައި ބައިވެރި އެއް ނުކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910