ހަބަރު

ޕީއެސްއެމްއިން "މަޖިލިސް ބަހުސް 2019" ބާއްވަނީ

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމަށް އަންނަ އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ އާއްމު އިންތިހާބާއި ގުޅިގެން، "މަޖިލިސް ބަހުސް 2019" ގެ ނަމުގައި ބަހުސްއެއް އިންތިޒާމްކޮށް ގެނެސްދިނުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ނިންމައިފި އެވެ.

ޕީއެސްއެމް އިން ބުނީ ބަހުސް ކުރިޔަށްދާނީ މި މަހުގެ 10 އިން 28 އަށް ކަމަށާއި، ސިޔާސީ ޕާޓީތަކާއި ކެނޑިޑޭޓުންނަށް މަޖިލިސް ބަހުސާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ބަހުސްގައި ބައިވެރިވުމަށްޓަކައި އެއްވެސް ސިޔާސީ ޕާޓީއެއް ތަފާތުކުރުމެއް ނެތި އަދި އަމިއްލަގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންވެސް ހިމެނޭގޮތަށް ހުރިހާ ކެނޑިޑޭޓުންނަށް ވަނީ ދަޢުވަތުއަރުވާފައި ކަމަށް ޕީއެސްއެމްއިން ވަނީ ބުނެފަ އެވެ.

ޕީއެސްއެމުން ބުނީ، މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ވިޔަފާރި އުސޫލުން ދޫކުރަން ހަމަޖެހިފައިވާ ވަގުތުގެ ތަފްސީލާއި ބަހުސްގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ބަހުސައިގުޅުންހުރި އެހެނިހެން މައުލޫމާތު ޕީއެސްއެމްގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެ އިންތިހާބުގައި ޕާޓީތަކަށް އެ ޕާޓީއަކުން ބޭނުންވާ ދެ އިވެންޓެއް އެއްވެސް އަގެއް ނެގުމެއްނެތި ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށްވަނީ ހަމަޖެހިފަ އެވެ. އެކަންވެސް ސިޔާސީ ޕާޓީތަކާއި ހިއްސާކޮށްފައިވާކަމަށް ޕީއެސްއެމުން ވަނީ ބުނެފަ އެވެ.