ހަބަރު

ޔާމީން އަނެއްކާވެސް އައިޖީއެމްއެޗަށް ގެނެސްފި

Mar 7, 2019
7

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނެއްކާވެސް އައިޖީއެމްއެޗަށް ގެނެސްފި އެވެ.

އެމަނިކުފާނު މިރޭގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެނެސްފައިވާއިރު އެޑްމިޓްކޮށްފައި އޮންނެވުމަށްފަހު ޖަލަށް ގެންދިޔައީ މިއަދު ހެނދުނެވެ.

މީގެ އެއް ދުވަސް ކުރިން ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސް އެޑްމިޓްކުރީ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެންނެވެ.

ޖަލަށް ގެންދިޔަތަނާ ވެސް ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސް އެޑްމިޓްކުރި އެވެ.

ޖަލަށް ގެންދިޔުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުގައި ވެސް ރައީސް ޔާމީން ވަނީ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނުގެ ބުރަކަށީގައި ރިއްސާ ކަމަށް ވިދާޅުވެފައިވެ އެވެ.

ޝަރީއަތް ނިމެންދެން ރައީސް ޔާމީން ވަނީ ބަންދުކޮށްފައިވަނީ މަނީ ލޯންޑްރިންގެ މައްސަލާގަ އެވެ. އެއީ އެ މައްސަލާގެ ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގަ އެވެ.