ގައުމެއްގެ ހާލަތު ރަނގަޅު ވާނީ އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި ހައްގު މަގާމަށް އަންހެނުން ދިޔުމަށް އެންމެން މަސައްކަތް ކޮށްދީގެން ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ ހާލަތު ރަނގަޅު ކުރެވޭނީ ހުރިހާ ދާއިރާއަކުން އަންހެނުން ބާރުވެރިކޮށްގެން ކަމަށެވެ. އަދި މުޖުތަމައުގައި ހައްގު މަގާމަށް އަންހެނުން ދިޔުމަށް އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.