ބޭރު ކުޅިވަރު

ރެއާލްއިން މުސާރަދޭ ގޮތަށް ކަސިޔަސް ޕޯޓޯ އަށް ދަނީ

Jul 7, 2015

ރެއާލް މެޑްރިޑުން މުސާރައިގެ ގޮތަށް އެ ޓީމުގެ ގޯލްކީޕަރު އިކާ ކަސިޔާސް ޕޯޗުގަލްގެ ޕޯޓޯ އަށް ބަދަލުވާނެ ކަމަށް އެ ގައުމުގެ ގައުމީ ޓީވީން ބުނެފި އެވެ.

ކަސިޔާސް ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2017 ގަ އެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި މިހާތަނަށް 3.5 މިލިއަން ޕައުންޑް ލިބޭނެ އެވެ. ކްލަބު ބަދަލު ކޮށްފިނަމަ އޭނާގެ މުސާރަ ދޭނީ ދެ ކުލަބު ވެގެންނެވެ.

މި ގޮތަށް ހަމަޖެހޭގޮތްވީ ޕޯޓޯ އަށް ކޯޗުކޮށްދޭ ސްޕޭނުގެ ކޯޗު ޖުލެން ކަސިޔަސް ގަތުމަށް ބިޑްކުރުމުން ކަމަށްވެ އެވެ. އަދި އޭނާ ވިއްކާލަން ރެއާލްގެ އާކޯޗު ސްޕޭނުގެ ރަފާ ބެނީޓޭޒް ވެސް ބޭނުންވާތީ އެވެ. އޭނާގެ ބަދަކުގައި ރެއާލްއިން ބޭނުންވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ސްޕޭނުގެ ދެ ވަނަ ކީޕަރު ޑޭވިޑް ޑެހެޔާ އެވެ.

ފާއިތުވެދިޔަ 25 އަހަރު ރެއާލް އަށް ކުޅުނު ކަސިޔާސް ކުލަބުގައި ހުންނަން ބޭނުންވާއިރު އޭނާ ދޫކޮށްލުމަކީ ރެއާލް އަށް އެހާ ފަސޭހަކަމަކަށްނުވާނެ އެވެ. ސަބަބަކީ އޭނާ އަކީ ރެއާލްގެ އިތުރުން ސްޕޭނުގެ ގައުމީ ކެޕްޓަނަށް ވެފައި އޭނާގެ ނުފޫޒު ކުލަބުގައި ވެސް ގަދަވުމުންނެވެ.

ކަސިޔާސް ޓީމުގައި ހުއްޓަސް އޭނާ އަށް އަންނަ ސީޒަނުގައި މާގިނަ މެޗުތަކެއް ކުޅެން ނުލިބާދާނެ އެވެ. ސަބަބަކީ 38 މެޗު ކުޅޭ ލީގުގައި އެންމެ ކީޕަރަކު ބޭނުންކުރަން ކޯޗު ބެނީޓޭޒް ބޭނުންނުވުމެވެ. މިހެންވެ ޑެހެޔާ އަތުވެއްޖެނަމަ ކަސިޔާސް ކުޅެން ޖެހުން އެންމެ ގާތީ ސްޕެނިޝް ކަޕުގެ މެޗުތަކާއި ލީގުގެ ބައެއް މެޗުތަކެވެ.