ރައީސް މުހައްމަދު ނަޝީދު

ދެންވެސް ސަރުކާރު ވައްޓާލެވޭނީ ބަޣާވާތަކުން: ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓައިލެވެނީ އަނެއްކާވެސް ބަޣާވާތަކުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ސޯލިހުގެ ވެރިކަން ވައްޓައި ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑިޕީ ޓިކެޓުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އަހްމަދް ރަޝީދުގެ ކެމްޕޭން ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި ބަޣާވާތް ކުރަން ފަރިތަށް ފަރާތްތަށް އުޅެމުންދާކަން ރައްޔިތުންނަށް ވަރަށް ސާފު ކޮށް އެގޭ ކަމަށެވެ.

"ސަރުކާރުން އެންމެ ފަހުން އައިސް އެއްލާލާނީ ބަޣާވާތަކުން ރައްޔިތުންގެ މަޖިލީހަކުން ދެނެއް އެކަމެއް އިރާދަކުރެއްވިއްޔާ، ނުކުރެވޭނެ" ނަޝީދު ވިދާޅުވި އެވެ.

މިފަދަ ގޮތަކަށް ނަޝީދު ވާހަކަ ދެއްކިއިރު އެމްޑިޕީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ އިދިކޮޅު ޕީޕީއެމް އާއެކު ކޯލިޝަން ހަދައިފަ އެވެ. ގާސިމް އަކީ 2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ވައްޓާލުމަށް ކުރި މުޒަހަރާތަކުގައި އިސްކޮށް އުޅުނު ފަރާތެކެވެ. ނަޝީދު އަދި އެމްޑީޕީއިން އެމުޒާހަރާތަށް ސިފަ ކޮށްފައިވަނީ ވެރިކަން ވައްޓަލުމުގެ ގޮތުން ކުރި ބަޣާވާތެއް ގޮތުގަ އެވެ.

ޕީޕީއެމް އިން ވަނި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއިދުކުރުމަށް މީގެ ކުރިން ނިންމާ، އެޕާޓީގެ ޓިކެޓް ދީފައިވާ ބައެއް ފަރާތްތަކުގެ އަތުން ޓިކެޓް ވެސް އަނބުރާ ހޯދައިފަ އެވެ.

ނަޝީދު ވިދާޅުވީ، ބަޣާވާތް ކުރަން ފަރިތަ މީހުން އެންމެ ފުރަތަމަ މަސައްކަތް ކުރައްވަނީ މިހާރުގެ ސަރުކާރު "ކަމީނާ" ކޮށް ނިކަމެތިކޮށް ލުމަށް ކަމަށެވެ. އެގޮތުން ފުރަތަމަ ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލިސް އިން ނަގައި ފާސް ކުރާނެ ކަމަށެވެ. އެއަށް ފަހު ސަރުކާރުން ޕްލޭން ކޮށްފައިވާ ތަރައްގީގެ މަޝްރޫއުތަކަަށް ބޭނުންވާ ބަޖެޓް ނުދީ ހިފަހައްޓާނެ ކަމަށެވެ. އެކަން ކުރަނީ ބައެއް ފަހަރު ގާނޫނު ބަދަލު ކޮށްގެންނާއި ބަޖެޓް ފާސްކުރުމަށް ހުށަހެޅުމުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހުވެސް ބައިވެރިވި އެ ޖަލްްސާގައި ނަޝިދު ވިދާޅުވީ، ސަރުކާރުން ކުރަން ބޭނުންވާ ހަރަދުތަށް ކުރުމަށް ނުދީ ހިފެހެއްޓުމުން މުސްތަގިއްލު މުވައްސަސާތަކުގެ އިތުބާރު ސަރުކާރަށް ނޯންނާނެ ކަމަށެވެ. އެއަށްފު ފެނިގެންދާނީ ސިފައިންނާއި ފުލުހުންގެ އިތުބާރުވެސް ސާރުކާރުގެ މައްޗަށް ކެޑި، ކޯޓުތަކުން ސިޔާސީ ހުކުމް އިއްވާ މަންޒަރު ކަމަށެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ، އެހުރިހާ ކަމެއް ފުރިހަމަވެ ސަރުކާރު ކަމީނާ ވުމުން، ނުފޫޒުގަދަ ފަރާތްތަކުން ރިޝްވަތުގެ ހުތުރު ފައިސާ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބަހާނެ ކަމަށެވެ. ނަޝީދު ވިދާޅުވި ސަރުކާރު ކަމީނާ ކުުރުވުމުގެ ފުރުސަތު ރައްޔިތުން ދީފިނަމަ އޭގެ ގެއްލުން ލިބިގެންދަނީ ރައްޔިތުންނަށް ކަމަށެވެ. ސަރުކާރުން ހިންގަން ޕްލޭން ކޮށްފައިވާ އެކިއެކި ތަރައްގީގެ މަޝްޜޫއުތަކަށް ވެސް އޭގެ ގެއްލުން ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ބަޣާވާތަކުން ވެރިކަން ވައްޓާލިމަވެސް އަޅުގަނޑުމެން އެބައުޅެން މީގެ ގެއްލުން ލިބޭނީ ރައްޔިތުންނަށް، އަޅުގަނޑާއި މިޙާރުގެ ރައީސް ޖުމްޙޫރިއްޔާ ސޯލިހު އަޅުގަނޑުމެމް ދެ މީހުން އަދިވެސް ސައިބައިލާފަ ބައިސްކަލު ދުއްވާފަ އުޅޭނަން އަޅޫގަނޑު މެންނަށް ނުލިބި ދާނެ އެއްޗަކީ ތިބޭފުޅުންގެ މުސްތަގުބަލް" ނަޝީދު ވިދާޅުވި އެވެ.