ހަބަރު

ނާޒިމްގެ މައްސަލަ އޭސީސީއަށް ހުށަހަޅަން ލަފާދީފި

Mar 9, 2019
3

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނަށް އެމްޑީޕީއިން ހުށަހެޅި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަަޅަން އެ ކޮމިޝަނުން ލަފާދީފި އެވެ.

އެމްޑީޕީއިން އިލެކްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅީ އދ. ދަނގެތީ ދާއިރާއަށް، ޖުމްހޫރީ ޕާޓީން ކުރިމަތިލި ކެންޑިޑޭޓް، ނާޒިމުގެ ނަމުގައި އޮންނަ "ނާޒިމް އަފާފު ފައުންޑޭޝަނުން" ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ދަނގެތީ ދާއިރާގެ ރަށްރަށަށް ވަކިކަންތައްތަކެއް ކޮށްދޭނެކަމަށް ބުނަމުންދާތީ އެވެ.


އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް، ފޮނުވި ސިޓީގައިވަނީ ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުމި ޕާޓީއިން ހުށަހެޅި މައްސަލާގައި، ނާޒިމުގެ ކެމްޕޭނު ވައިބާ ގްރޫޕްގައި، ދަނގެތީ ކައުންސިލަރު ރަމްޒީ ލިޔުނު ޕޯސްޓެއްގައި، ދަނގެތީ ހަނދުރުނބާގިޑިގޭގެ ހުރިހާ ހަރަދެއް ފަންޑުކޮށްދެއްވީ ނާޒިމް އަފާފް ފައުންޑޭޝަނުން ކަމުގައި ބުނާތީ، އެ މައްސަލައަކީ ރިޝްވަރުގެ މައްސަލައަކަށްވާތީ މައްސަލަ އޭސީސީއަށް ފޮނުވުމަށް އެދޭ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ އިންތިހާބުތަކާ ގުޅިގެން ހުށަހެޅޭ ރިޝްވަތާބެހޭ މައްސަލަތައް ބަލައި ތަހުގީގުކުރާނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުންކަމަށް، މިދިޔަ އަހަރު ގާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ މައްސަލަ އޭސީސީއަށް ހުށަހަޅަން ގަސްދުކުރާ ކަމަށް އެމްޑީޕީއިން މިއަދު ވަނީ ބުނެފަ އެވެ.