ހަބަރު

މިނިސްޓަރު ޝިދާތާ އެމެރިކާއަށް

Mar 10, 2019
2

އެމެރިކާގެ ނިއު ޔޯކުގައި ބާއްވާ ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެންގެ 63 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޖެންޑާ މިިނިސްޓަރު ޝިދާތާ ޝަރީފް ފުރާވަޑައިގެންފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، މި މަހުގެ 9 އިން 20 ށް މިނިސްޓަރު ކުރައްވާ ދަތުރުފުޅުގައި ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެންގެ ސެޝަންގައި ތަގުރީރެއް ކުރައްވާނެ ކަމަށެވެ.

ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ޝިދާތާ ވިދާޅުވީ މި ސެންޝަންގައި ރާއްޖޭގައި ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުން ދާ މަސައްކަތްތަކާއި، އަންހެނުންނާއި އަންހެންކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް ހިއްސާކުރައްވާނެ ކަމަށެވެ.