ޕީޕީއެމް

ރައީސް ސޯލިހަށް ނަޝީދު ގެންދަވަނީ ދަތިކުރަމުން: ޕީޕީއެމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަކީ ގާނޫނީގޮތުން ރާއްޖޭގެ ރައީސް ކަމަށް ވިޔަސް، ރައީސް ކަމުގެ ގޮޑީގައި އިށީދެ ވަޑައިގެން ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލަމާލޭ ދާއިރާގެ މެމްބަރު އަހްމަދް ނިހާން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، މިހާރު މިއޮތް ވެރިކަން ކޮންޓްރޯލް ކުރަމުންދަނީ ނަޝީދުގެ އާއްމު އުސޫލުން ބިރު ދައްކައިގެން ކަމަށެވެ. ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކެމްޕޭނާ ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ރައީސް ސޯލިހުއަށް ދަތިވާ ވާވަރަށް ނަޝީދު މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

"މުޅި ސަރުކާރާ އެމްޑިޕީ އާ ކޮންޓްރޯލް ކުރަނި ގ. ކެނެރީގެ ނަޝީދު" ނިހާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން އިތުރަށް ވިދާޅުވީ، އިދިކޮޅު އެއްވެސް ފަރާތަކުން ރައިސް ސޯލިހުގެ ވެރިކަން ވައްޓާލަން ބޭނުންނުވާ ކަމަށެވެ. އެހެން ނަމަވެސް ނަޝީދު ދަނީ އޭނާގެ އާއްމު އުސޫލުން ބިރު ދައްކައިގެން ރާއްޖެގައި ބަރުލަމާނީ ނިޒާމު އެކުލަވާލައި ރައީސް ސޯލިހު ގޭގައި ބެހެއްޓުމުގެ ނުރައްކާތެރި ރޭވުން ރާވަމުން ކަމަށެވެ.

"ގ. ކެނެރީގޭ ނަޝީދާ އޭނާއަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ވެރިކަމަށް އަންނާނެ މަގު ކޮށަން ބަރުލަމަނީ މަޖިލީހެއް އެކުލަވާލާ މަޖިލީހުގެ ތެރެއިން ރައީސް މުހައްމަދު ސޯލިހު ގޭގައި ބެހެއްޓުމުގެ ނުރައްކާތެރި އެޖެންޑާ ކުރިއަށް މިދަނީ" ނިހާން ވިދާޅުވި އެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނިހާން އިތުރަށް ވިދާޅުވީ، ޔާމީން ހައްޔަރުކޮށްގެން އެމަނިކުފާނުގެ އެކައުންޓްތަށް ފްރީޒް ކޮށްގެން ނަޝީދު އަޑީގައި ހުންނަވައިގެން ކުރައްވަމުންދާ މަސައްކަތަކީ ދުރާލާ ޕްލޭން ކޮށްގެން ސިސްޓަމެޓިކް ގޮތަކަށް ކުރައްވަމުންދާ ކަމަށެވެ. ނިހާން ވިދާޅުވި ކެމްޕޭން ކުރުމުގެ ފުރުސަތު ހަމަހަމަ އަށް ދެފާރާތަށް ނުލިބޭނަމަ އެއީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށާއި އެހެންކަމުން މަޖިލިސް އިންތިހާބު ފަސްކުރުމަށް ގޮވާލާ ކަމަށެވެ.

ނީހާން އިތުރުން ވިދާޅުވީ، ޔާމީން ޖަލު ބަންދުން ދޫކޮށް މަޖިލިސް އިންތިހާބަށް ދިޔުމަށް ސަތުކާރު ކިބައިން އެދިފަ އެވެ. އަދި އޭނާ އެހެން އެދުނީ ރައީސް ސޯލިހު ޔާމީންގެ މައްސަލަ އަވަސް ކުރަން އެއްވެސް ކަމެއް ކުރާތޯ ބެލުމަށް ކަކަށްވެސް ވިދާޅުވި އެވެ. އަދި ރައީސް ސޯލިހު އެފަދަ ކެމެއް ކޮށްފިނަމަ ނަޝީދު ނުފޫޒު ސަރުކާރަ ނެތްކަމަށް ގަބޫލު ކުރާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑއިގެންނެވި ޕީއެންސީގެ ނައިބު ރައީސް އަދި ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސިޔާސީ ހިމާޔަތް ހަމައެކަނީ ލިބޭނީ ނަޝީދަށް ނޫން ކަމަށާއި ރައީސް ސޯލިހު ހުވާކުރެއްވި ހިސާބުން ފެށިގެން އިސްލާމީ ގައުމުތަށް ތިބީ ޔާމީން އަށް ހިމާޔާތްދޭ ގޮތަށް ކަމަށެވެ.

އެހެންނަަމަވެސް ޔާމީން ބޭނުންވަނީ ރާއްޖޭގައި އުޅެންނ ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ސޯލިހު ވެރިކުމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށެވެ.

އަބްދުއްރިޙީމް ވިދާޅުވީ ޔާމީން ހައްޔަރުކޮށް ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ޖަލުގައި ބަންދު ކުރުމަށް ކޯޓުން ހުކުމް ކުރީ 18 ފެބްރުއަރީ ވަނަ ދުވަހުގައި ކަމަށެވެ. އަދު އެބުނާ ވަރަށް ކޮރަޕްޝަން މެދުވެރިކޮށް ޔާމީން ފައިސާ ހޯދާފައިވާނަމަ އެމުއްދަތު ރައީސް ސޯލިހު ހުވާކުރި ދުވަހުން ފެށިގެން އެބުނާ ލާރި ކޮންމެ ގޮތެއް ވެސް ހެދެން ހުރި ކަމަށެވެ. އަދި ޕާސްޕޯޓް ހިފަހައްޓާފައި ނުވުމުން ބޭރު ގައުމަކަށް ރާއްޖޭ ދުކޮށް ދިޔުމުގެ ފުރުސަތުވެސް އޮތް ކަމަށެވެ.