ހެލްމެޓްގެ ބަދަލުގައި ބޮލުގައި ތެއްޔެއް އަޅައިގެން ބުރިޖުން ދަތުރުކުރި ޒުވާނަކު ފުލުހުން ހުއްޓުވައިފި އެވެ.
ސޯޝަލް މީޑިއާގައި އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެ ޓްރެފިކް ލައިޓް ކައިރިން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މީހަކު ބޮލުގައި ތެއްޔެއް އަޅައިގެން އިނުމުން ހިފަހައްޓާފައިވާ ކަމަށެވެ.
އޭނާއާމެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އެކަމަކު އެ ސައިކަލް ދުއްވަން އިން މީހާ ވަނީ ޖޫރިމަނާކޮށްފަ އެވެ. އެމީހާ ޖޫރިމަނާ ކުރީ އޭނާގެ އަތުގައި ލައިސެންސް ނެތުމުންނާއި ސައިކަލްގެ ރީޑްވާދިނަސް އާއި އިންޝުއަރެންސް އަދި އަހަރީ ފީ ހަމަވެފައިވާތީ އެވެ.
ރޭގެ ވަގުތެއްގައި ބްރިޖް މަތިން ދަތުރުކުރި މީހަކު ބޮލިގައި ޑަސްބިނެއް އަޅައިގެން އިން މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުވެފައިވެ އެވެ.
ބްރިޖާއި ހައިވޭގައި ދަތުރުކުރާއިރު ހެލްމެޓް އަޅަން ޖެހޭ ގޮތަށް ގަވައިދު ވަނީ އެކުލަވާލާފަ އެވެ.