ހަބަރު

މި މަހުގެ ތެރޭގައި ކަރަންޓު އަގުހެޔޮ ކުރަނީ

Mar 11, 2019
5

މި މަސް ނިމުމުގެ ކުރިން ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވާރަމަންޓް މިނިސްޓްރީ އިން ބުނެފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު އަލީ، "ޕީއެސްއެމް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކުރަން ޖެހޭ ސާވޭތަކާއި މަޝްވަރާތައްކޮށް ނިމިފައިވާ ކަމަށާއި އެ މިނިސްޓްރީ އާއި ސްޓެލްކޯ، ފެންކަ އަދި އެމްޑަބްލިއުއެސްސީ ގުޅިގެން ކުރި މަސައްކަތުގެ މައްޗައް ބިނާކޮށް ޑްރާފްޓެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ. އެ ޑްރާފްޓު މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށާއި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަރަންޓު އަގު ހެޔޮ ކުރެވޭނެ ކަމަށް އަލީ ވިދާޅުވި އެވެ. -- ސަރުކާރުގެ ފުރަތަމަ 100 ދުވަސް މި މަހުގެ 28 ވަނަ ދުވަހަށް ހަމަވެ އެވެ.

ރާއްޖެއިން ލިބެންހުރި ވަސީލަތްތައް ބޭނުންކުރަން ފެށުމުން އެބަ އިނގޭ ކަރަންޓުގެ އަގު ކުޑަކުރެވިދާނެކަން. 100 ދުވަހުގެ ތެރޭގައި ކަރަންޓުގެ އަގު ހެޔޮކުރާނަން،" އޭނާ ވިދާޅުވި އެވެ.

މި މަހުގެ ތެރޭގައި ކަރަންޓުގެ އަގު ހެޔޮ ކުރަން ނިންމި ނަމަވެސް އަގުހެޔޮވާ މިންވަރެއް އަލީ ވިދާޅެއް ނުވެ އެވެ.