ހަބަރު

ކެމްޕެއިންގައި ރައީސް ތިން އަތޮޅަކަށް ވަޑައިގަންނަވަނީ

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިން އަތޮޅަކަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީއިން ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ، މި ހަފްތާ އަދި އަންނަ ހަފްތާގައި ރައީސް ސޯލިހް ތިން އަތޮޅަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިހަފްތާގެ ބުރާސްފަތި ދުވަހު ރައީސް ސޯލިހް ވ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު ޅ. އަތޮޅަށް ވަޑައިގަންނަވާއިރު، ހޮނިހިރު ދުވަހު ރައީސް ނ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ، ރައީސްގެ އެ ދަތުރުފުޅުތަކަކީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ. އެދަތުރުފުޅުތަކަށް ހަރަދު ކުރައްވާނީ އެމްޑީޕީ އިން ކަމަށެވެ.

މަޖިލިސް އިންތިހާބަށް މަހަކަށްވުރެ ކުޑަ ދުވަސް ކޮޅަކަށްވެފައިވާއިރު، ރައީސް އަންނަނީ ކެމްޕެއިން ކުރެއްވުމަށް އަތޮޅުތަކަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ކެމްޕެއިނަށް ވަޑައިގެންފައިވަނީ ކ. އަތޮޅު ގުރައިދޫ އަށެވެ. އަދި މިދިޔަ ހަފްތާ ބަންދުގައި ރައީސް ވަނީ އައްޑޫއަށްވެސް ވަޑައިގެންފަ އެވެ.