ހަބަރު

ރުކުމާގެ ނަން ނަންގަވާ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު އަބުދުލްކަރީމް (ރުކުމާ)ގެ ނަން އަބުރާ ނުގެންދަވައިފިނަމަ ހެންވޭރުގެ ހުރިހާ ގެޔަކަށް ވަދެވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރުކުމާއަކީ އަކީ މިހާރުވެސް އެދާއިރާތަމްސީލު ކުރައްވާ މެމްބަރެވެ. އެހެން ނަމަވެސް އެމްޑީޕީގެ ޕްރައިމަރީން ރުކުމާއަށް ވަނީ ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައެވެ. ޕްރއިމަރީއިން ބަލިވާ ކެނޑިޑޭޓުންނަށްވެސް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ނިންމުމާއެކު ރުކުމާވަނީ އަމިއްލަ ގޮތުން އެދާއިރާއަށް ކުރިމަތިލާން ނިންމާފަ އެވެ. އެއާއެކު ނަޝީދު ގެންދަވަނީ އެކި ޕޯޑިއަމްތަކުގައި ރުކުމާއަށް ފާޑު ވިދާޅުވަމުންނެވެ.

ނަޝީދު މިއަދު އއ، އަތޮަޅަށް ކުރެއްވި ދަތުރުފުޅުގައި އުކުޅަހަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މަޖިލިސް އިންތިހާބު އެމްޑީޕީއަށް ވަރަށް މުހިންމުކަމަށާއި، 2008 ގެ ގާނޫނު އަސާސީއަށްފަހު މަޖިލިހުގެ އަގުލަބިއްޔަތާއި ބަގާވަތާއި ބޮޑު ގުޅުމެއް އެބައޮތްކަމަށެވެ. އަދި އެ ގުޅުން ކުރިޔަށް އޮތް 20 އަހަރަށްވެސް ދާނެ ކަމަށެވެ.

"އަޅުގަނޑު އަޅުގަނޑުމެންގެ ކެނޑިޑޭޓް ހަސަން ޝިޔާން އަދި ހަސަން ޝިޔާނާއި ޕްރައިމަރީގައި ވާދަކުރެއްވި ކެނޑިޑޭޓް. މި ދެބޭފުޅުން ފެނުނީމާ، އަދި އެ ދެބޭފުޅުންގެ އަހުލާގަށް ބެލީމާ އެބައިނގޭ މިތިބީ ތަހުޒީބު ބައެއްކަން. އެބަ އަޅުގަނޑުމެންނަށް އިނގޭ ހަަމަތަކެއް، ހަމަތަކެއް އެބަ ގަބޫލު ކުރާކަން. ވެރިކަމުގެ ނިޒާމް ގަޑުބަޑުވެ ދިޔައިސް ސަމީރު އަމިއްލަ އަށް ނިކުންނަވަން އުޅުއްވި ނަމަ" ނަޝިދު ވިދާޅުވި އެވެ.

ބަލިވި ކެނޑިޑޭޓުން ނެރުމަށް، އިންތިހާއަށް ސުޕުރީމްކޯޓުލައްވާ ބަަޔަކު މީހުން މަސައްކަތް ކޮށް، ކޮންމެވެސް އެއްޗެކޭ ކިޔުއްވައިގެން ހުކުމް ނެރެފައިވާ ކަމަށާއި، ހަގީީގަތުގައި 86 މީހުންގެ ތެެރެއިން އެކަންކޮށްފައިވަނީ ރުކުމާ އެކަނި ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"އެމްޑީޕީގެ އުސޫލުތަކެއް ގަބޫލު ކުރާ. އެމްޑީޕީގެ ހަމަތަކެއް ގަބޫލު ކުރާ. އެންމެ މީހެއް. ހެންވޭރު ދެކުނަށް. އަހުމަދު. އޭނާ އަކީ ދާއިރާގެ މީހަކަށް އުޅެ، ކައުންސިލް މެމްބަރަކަށް އިންތިހާބުވެ، އަދި އެއަށްފަހު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ބޭފުޅެއް. އަޅުގަނޑު އުފާވަނީ 86 ދާއިރާގެ ތެރެއިން މި ދެރަ އަހުލާގެއްގެ މި ފެނުނީ އެންމެ ކުއްޖެއް. އަޅުގަނޑު އުމްމީދު ކުރަން އަހުމަދު ވެސް، ވީހާވެސް އަވަހަކަށް ނިކުންނަވާ، އޭނާ އަލުން އަބުރާ ރިވެތި ގޮތަށް އެނބުރިއްޖެ ކަމަށްބުނެ، މި މަސައްކަތް އެތަނުގައި ނުކުރައްވާނެ ކަމަށް. ކުރައްވައިފިއްޔާ ހުރިހާ ހެންވޭރުގެޔަކަށް އަޅުގަނޑު ވަންނާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ގޮނޑި މާބޮޑަށް ނަގާނަން" ނަޝިދު ވިދާޅުވި އެވެ.

ނަޝީދު ދެއްކެވި ވާހަކައާއި ގުޅިގެން ރުކުމާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ހެންވޭރު ދެކުނު ދާއިރާގެ ކޮންމެ ގެޔަކުންވެސް ރައީސް ނަޝީދު ވަޑަައިގަތުމުން ފުރިހަމަ މެހެމާންދާރީއެއް އަދާކުރުމަށް އެދޭކަމަށެވެ.

ރުކުމާ ކުރެއްވި ޓުވީޓް