ހަބަރު

އަލްހާންގެ "އޯޕަންމައިކް ޑިނާރ ނައިޓް" ބުރާސްފަތި ދުވަހުގެ ރޭ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރުދާއިރާއަށް ކުރިމަތިލައްވާފައިވާ އަލްހާން ފަހުމީގެ "އޯޕަންމައިކް ޑިނާނައިޓް" އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އަލްހާންގެ ކެމްޕެއިންޓީމުން "އަވަސް" އަށް މައުލުމާތު ދެމުން ބުނެފައިވަނީ، އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8 އަކުން 10 އަކަށް ހުޅުމާލޭ ފެރީޓާމިނަލް މަތީގައި ހުންނަ ސީހައުސްގައި ބާއްވަން ހަމަޖައްސާފައިވާ އެ ޑިނާނައިޓްގައި، އަލްހާނާއި ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވަލާފައިވާ ކަަމަށެވެ.

މީގެ އިތުރުން، އެ ޑިނާނައިޓް ކުރިޔަށް ދާނީ ލައިވް މިއުޒިކާވެސް އެކީގައި ކަމަށާއި، ވީހާވެސް ބޮޑަށް އެކުވެރި މާހައުލެއްގައި އެހަރަކާތް ގެންދަން ނިންމާފައިވާ ކަމަށެވެ.

އަލްހާން 2019 އޯޕަންމައިކް ޑިނާނައިޓް އަކީ ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނާއި، އެދާއިރާގެ ދަފްތަރުގައި ހިމެނޭ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ އިވެންޓެކެވެ.