ހަބަރު

ރިޔާޒު ރަޝީދާއި އަލްހާންއަށް ވެސް ނާކާމިޔާބު

Apr 7, 2019
2

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި އަލްހާން ފަހުމީއަށް ނާކާމިޔާބުވެއްޖެ އެވެ.

އަލްހާން ވާދަ ކުރެއްވީ ހެންވޭރު އުތުރު ދާއިރާއަށެވެ. އެ ދާއިރާގައި އެންމެ ވަރުގަދަ ކެމްޕެއިނެއް ވެސް ކުރެއްވީ އަލްހާނެވެ. އެކަމަކު ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުއިއްޒެވެ.

ވިލުފުށީ ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރީ އެމްޑީޕީއިންނެވެ. އެއީ އެ ދާއިރާއަށް ވާދަ ކުރެއްވި އެ ޕާޓީގެ ކެންޑިޑޭޓް ހުސެއިން އަފީފެވެ. ރިޔާޒު ވަނީ އެ ދާއިރާގެ ގޮނޑި ދެ ދައުރު ފުރުއްވާފަ އެވެ. ރިޔާޒު އިންތިހާބަށް ނުކުމެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީންގެ ވެސް ތާއިދާއެކު އެވެ.

ޖުމްހޫރީ ޕާޓީއަށް މި އިންތިހާބުވީ ބޮޑު ކާމިޔާބެއް ނުނެރެވުނު އިންތިހާބަކަށެވެ. ނަމަވެސް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ގޮނޑި ކަށަވަރު ކުރައްވާފަ އެވެ.