ހަބަރު

ކަސްޓަމުން ކުންފުންޏަކަށް 22 މިލިއަން ރުފިޔާ ދޭން ޖެހިއްޖެ

Mar 14, 2019
5
ސިވިލް ކޯޓުން ހިންގާ ޖަސްޓިސް ބިލްޑިން: - އަވަސް ފޮޓޯ
0%
0%
100%

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަން ރުފިޔާ ދައްކަން ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. އެ ކުންފުންޏަކީ ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް އޮންނަ ކުންފުންޏެކެވެ. އޭނާ ހުރީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅުމެއްވާ ކަމުގެ ތުހުމަތަށް ސަސްޕެންޑްކޮށްފަ އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މިދިޔަ ހަފުތާގެ ތެރޭގައި ކަސްޓަމްސްގެ މައްޗަށް އެ ހުކުމް ކުރީ ސީޖީޓީއިން ރާއްޖެ އެތެރެކުރި ސިނގިރޭޓްތަކެއްގެ ޑިއުޓީގެ މައްސަލާގަ އެވެ. އެ ކުންފުންޏަކީ ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ސިނގިރޭޓް އެތެރެކުރާ އެއް ކުންފުންޏެވެ.

ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރި ދުވަސްވަރެއްގައި އެ ކުންފުންޏަށް ޑިއުޓީގެ ގޮތުގައި ކަސްޓަމްސްއިން ދައްކަން އެންގި މިންވަރާމެދު ހިތްހަމަ ނުޖެހިގެން ކޯޓަށް ދިޔަ އެވެ. ކޯޓަށް ދިޔައީ ބޮޑުކުރި ޑިއުޓީ ދެއްކުމަށްފަހު އެ ފައިސާ އަނބުރާ ހޯދުމަށެވެ. އެއީ އެ ކުންފުނިން އޭރު އެތެރެކުރި ޝިޕްމެންޓުން ބޮޑުކުރި 22 މިލިއަން ރުފިޔާގެ ޑިއުޓީ އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާތަކުގައި ބަންޑާރަ ނައިބުގެ ފަރާތުން ވަނީ އެ ފައިސާ އަނބުރާ ސީޖީޓީއަށް ދޭން ނުޖެހޭ ކަމަށް ވަކާލާތުކޮށްފަ އެވެ. ޑިއުޓީގެ ގޮތުގައި އެ އަދަދު ނަގަން ރަނގަޅު ކަމަށް ބުނަމުން ދިޔައީ އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިރުޝާދުގެ ދަށުންނެވެ.

އެހެންނަމަވެސް އާ ސަރުކާރު އައުމާއެކު ބަންޑާރަ ނައިބުގެ ސްޓޭންޑް ބަދަލުވެ، އެ ފައިސާއަކީ ސީޖީޓީއަށް އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ޝަރީއަތުގައި އެއްބަސްވި އެވެ. އެ ފައިސާއަކީ ކަސްޓަމްސްއިން ދައްކަން ޖެހޭ ފައިސާއެއް ކަމަށް ބަންޑާރަ ނައިބުގެ ފަރާތުން ވެސް އިއުތިރާފްވެފައިވާތީ ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ އަންގާފަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކަމަނަ

މީރާވާގެން ކުރާ ބޮޑަތި ވަށްކަން.މިސަރުކާރުގެ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ރައީތުންގެ ހަޒާނާއިން ވަގަށް ނަގައިފި. ބިގުމީހުންނަށް 78 މިލިއަން މައުސޫމުއަށް 22.5 މިލިއަން.

ގިނިކަނދު

ދައުވާކުރީ މިހާރު އޭޖީ ގެ ލޯފާމުން މިހާރު ދައުލަތުން ދައުވާކުރަނީ ލޯފާމުގެ ވެރިޔާ ކުންފުނީގެ ފަރާތުން ވަކާލާތުކުރަނީ ހިސާނު ޙުސައިން މެދުވެރިކުރަނީ ކޯޓު ދައުލަތުން މިހާރު ބުނަނީ ދޭންޖެހޭ ފައިސާކަމަށް ދެން ކޮރަޕްޝަން ނައްތާލާނެގޮތެއް ބުނެދީބަލަ ދައުލަތުން ޕާޓީގެ އިސްކުދިންނަށް މިލިއަނުން ޞަދަޤާތްކުރަނީ ނުވަތަ ހަދިޔާކުރަނީ މިއޮތީވާ ސަރުކާރެއް ޢަދުލު އިންސާފު ގެ ދާއިރާ ދެން ހަރުދަނާކުރެވޭނީ މިގޮތަށް ނިކަމެތިންނާ ދެކޮޅަށް ދައުލަތުން އުފުލާ ދަޢުވާއާއި، ނިކަމެތި ރައްޔިތުންގެ ޙައްޤު ހޯދުމަށް ދައުލަތަށް ދަޢުވާލިބޭ އެތައްމައްސަލައެއް ސްޕްރީމް ކޯޓާ ހައިކޯޓާ ދަށުކޯޓުގައި ތާށިވެފައި ޕާޓީ ކުދިންގެ މައްސަލަތަށް އަވަހަށް ނިންމައި ދައުލަތުގެ ހަޒާނާ ކައި ހުސްކޮށްލީމަ އޮންނާނީ އިންސާފުވެރި ދެފުށްފެންނަ ވެރިކަމެއް ކުރެވިފަ އަދި ކޮރަޕްޝަން ނައްތާލެވޭނެކަމުގެ ފެހި ސިނގުނަލްތައް މި ސަރުކާރުން ރައްޔިތުންނަށް ދެމުން މިދަނީ

އަހްމަދު

އެމްޑީޕީއަށް ޚަދަރުކުރާ އެއްވެސް މީހަކު މިވޭތުވެދިޔަ 5 އަހަރުގައި އެކިއެކިކަންކަމާގުޅިގެން ސަރުކާރަށް ދައްކާފައިވާ ހުރިހާ ފައިސާއެއް ވާނަމަ މި 5 އަހަރުގެ ތެރޭގައި އެފަރާށތްތަކަށް އަނބުރާލިބޭނެ.

މަހޭ

ތީ އަންނިގެ ޕާޓް މައުސޫމަށް ދިން ލާރިގަނދެއް

ސދފސފ

ފުންނާބު އުސް ހިސާން އަށް 4.4 މިލިއަން ރުފިޔާ ދޭން އޭނަގެ ޕާޓްނަރ އޭ.ޖީ ރިފްއަތު ހުކުމް ކުރަން 1 ހަފްތާ އޮއްވާ ސެޓްލްކުރީ. ކޮރަޕްޝަން.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910