ވިޔަފާރި

އެސްޓީއޯގެ ތިން ކުންފުންޏެއް އުވާލަނީ

Mar 14, 2019
1

އެސްޓީއޯގެ ތިން ސަބްސިޑަރީ ކުންފުންޏެއް އުވާލުމަށް އެ ކުންފުނީގެ ބޯޑުން މިއަދު ނިންމައިފި އެވެ.

އެސްޓީއޯގެ ބޯޑުން މިއަދު އުވާލަން ނިންމި، ކުންފުނިތަކަކީ ބޭރަށް ތެޔޮ ވިއްކުމަށް އުފައްދާފައިވާ މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ ލިމިޓެޑް އާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރި ކުރަން އުފައްދާފައިވާ އެސްޓީއޯ ހޮޓެލްސް އެންޑް ރިސޯޓް ފްރައިވެޓް ލިމިޓެޑް އަދި އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑެވެ.

މީގެ ތެރެއިން އެސްޓީއޯ ސިންގަޕޫރުގެ އޮޕަރޭޝަންތައް މިހާރުވެސް ކޮންމެވެސް ވަރަކަށް ހިންގަ އެވެ. އަދި ސިންގަޕޫރުގެ އޮފީހެއް ވެސް ހުރެ އެވެ. އެސްޓީއޯއިން ބުނީ އެ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެސްޓީއޯއިން ބުނީ އެ ނިންމުން ނިންމަން ޖެހުނީ، އެ ކުންފުނިތަކަށް ކުރި އިންވެސްޓްމަންޓާ އެއްވަރުގެ ފައިދާއެއް ލިބެމުން ނުދާ ކަމަށް ސަބްސިޑަރީ ކުންފުނިތަކާ ގުޅޭ ގޮތުން ތައްޔާރުކުރި ޕާފޯމަންސް އޮޑިޓް ރިޕޯޓުން ހާމަވެފައިވާތީ އެވެ.