ހަބަރު

ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގެންފި

Mar 15, 2019
8

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ އުފަން ރަށް ކަމަށްވާ ޅ. ހިންނަވަރަށް މިއަދު ވަޑައިގެންފި އެވެ.

ހިންނަވަރަށް ރައީސް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށެވެ.

މިއަދު ހަވީރު އެމަނިކުފާނު ހިންނަވަރަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ. ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ހިންނަވަރަށް މީގެކުރިން ވެސް ރައީސް ވަޑައިގެންނެވި އެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ކަން ރައީސް ސޯލިހު ވަނީ 25 އަހަރު ކުރައްވާފަ އެވެ. މިފަހަރު އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ ޖީހާން މަހްމޫދެވެ.