ހަބަރު

ޑިންގީއަކުން ޖެހި ފަތުރުވެރިޔަކަށް އަނިޔާވެއްޖެ

ޑިންގީއަކުން ޖެހި ފަތުރުވެރިޔަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ބ. ދަރަވަންދޫ ގެސްޓްހައުސް އެއްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ޖަރުމަނުގެ 25 އަހަރުގެ ފަތުރުވެރިޔަކަށް އަނިޔާވީ ޑިންގީ އަކުން ޖެހި ކަމަށެވެ. އޭނާ އަށް ދަރަވަންދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ގައިގައި ޑިންގީއިން ޖެހިފައިވަނީ ސްނޯކްލް ކުރަން އޮއްވަ އެވެ. އެ ހާދިސާ ހިގާފައިވަނީ މިއަދު މެންދުރު އެވެ.

އެމިހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލު ސާފެއް ނުވެ އެވެ.