ކަނޑުމަތީގެ ހާދިސާ

ޓޫރިސްޓަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

Apr 23, 2019

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ޓޫރިސްޓަކު އޮަޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ މާލެ އަތޮޅު ގުރައިދޫއާ އެއް ފަޅެއްގައި އޮންނަ ފަޅުރަށެއް ކަމަށްވާ ޅޮސްފުށީގެ ފުއްޓާރާ ދިމާ ބޭރަށް އެކަނި މޫދަށް އެރި އުޅުނު ޗައިނާގެ ފަތުރުވެރިޔަކު ކަނޑޫމާ ރިސޯޓްގެ ދޯންޏަކަށް ނަގައި އޭނާ ސަލާމަތްކޮށްފައިވާ ކަމަށެވެ.

އުމުރުން 28 އަހަރުގެ އެމީހާ ޑައިވިން ދޯންޏަށް ނަގައި ކަނޑޫމާ ރިސޯޓަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭނާ ދޯންޏަށް ނަގަން އުޅުމުން އެކަމާ ދެކޮޅު ހެދި ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އޭނާ ދެކޮޅު ހެދި ނަމަވެސް އެގޮތަށް އޭނާ ދޫކޮށްލާފައި ނުދާނެ ކަމަށް ދޯނިން ބުނުމުން އެ މީހާ ދޯންޏަށް އެރީ ކަމަށެވެ.

އޭނާ ނެގި އިރު ނޭވާ ކުރުވެ ވަރަށް ބޮޑަށް ވަރުބަލިވެފައިވެ އެވެ. އޭނާ މޫދުގައި އޮތީ ލައިފްޖެކެޓެއް އަޅައިގެނެވެ.

ފުލުހުން ބުނީ ކަނޑޫމާއަށް ގޮސް ފުލުހުން އެ މީހާއާ ސުވާލު ކޮށްފައިވާ ކަމަށާއި އަދި އެނާއާއެކު ގުރައިދޫއަށް ގޮސް އޭނާ ހުރި ގެސްޓްހައުސްއާ ވެސް ސުވާލުކުރި ކަމަށެވެ.

މިއަދު އިރުއޮއްސި 6:30 ގައި ހިނގި ކަނޑުމަތީގެ މި ހާދިސާގައި އެ މީހާއަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.