ހަބަރު

ޑިންގީއެއްގެ ބުރަފަތިން ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

ދުއްވަމުން ދިޔަ ޑިންގީއެއްގެ ބުރަފަތީގައި ޖެހިގެން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ޑިންގީގެ ބުރަފަތީގައި ޖެހި މިއަދު މަރުވެފައިވަނީ ބ. އަތޮޅުގެ ފިނޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޗައިނާ 27 އަހަރުގެ ފިރިހެނެކެވެ. މި ހާދިސާގައި އޭނާއާއެކު ސްނޯކްލިން އަށް ގޮސް އުޅުނު 24 އަހަރުގެ އެ ގައުމުގެ އަންހެނަކު ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައި ވެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 11:30 ހާއިރު ކަމަށެވެ.

މައުލޫމާޓު ލިބޭ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ. އަންހެންމީހާ ގެންދިޔައީ ބ އަތޮޅު ހޮސްޕިޓަލަށެވެ. އޭނާ މާލެ ގެންނަން ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.