ދެކުނުގެ ފުވައްމުލައް ކައިރިއަށް ޑައިވިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ޗައިނާގެ އެ ފަތުރުވެރިޔާ މަރުވެގެން ގެންދިޔައީ ފުވައްމުލަކު ހޮސްޕިޓަލަށް ކަމަށާއި މިހާތަނަށް ބެލި ބެލުމުން އުމުރުން 25 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ޑައިވިންއަށް ގޮސް އުޅުމަށްފަހު ދޯންޏަށް އެރިފަހުންނެވެ.
މިއަދު ހެނދުނު އައި މަރުގެ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.