ހަބަރު

މާޅޮސް ކައިރީ ފީނަން އުޅުނު ޓޫރިސްޓަކު މަރުވެއްޖެ

Jan 19, 2020

އއ. މާޅޮސް ކައިރީ ޑައިވިނަށް ގޮސް އުޅުނު ޓޫރިސްޓު އަންހެނަކު މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް 71 އަހަރުގެ ޖަރުމަން އަންހެނަކު ހާލު ދެރަވެގެން މާޅޮސް ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. މަރުކަޒަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް އެންމެ ފުރަތަމަ ލިބުނީ މިއަދު ހެނދުނު 8:45 ހާއިރު އެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކުހެން މިފަދަ ކޮންމެވެސް ހާދިސާއެއްގައި މީހަކު މަރުވެ އެވެ.