ހަބަރު

ކާރެއްގެ ތެރޭ މަސްތުވާން ތިބި ތިން ބިދޭސީން ހައްޔަރުކޮށްފި

Mar 16, 2019
1

މާލޭގައި ކާރެއްގެ ތެރޭ މަސްތުވާތަކެތި ބޭނުން ކުރަން ތިބި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކާރެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރޭ 8:00 ހާއިރު ކާރެއް ހުއްޓުވާ ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ކާރުގެ ސީޓު މަތިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ކާރުގަިއ ތިބި މީހުން ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. އުމުރުން 21 އަހަރާއި 25 އަހަރާއި 28 އަހަރުގެ އެ ތިން މީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.