ނިއު އެޑިޝަން

ނޯޓްގެ ލިޕްސްޓިކް ލައިން ސަޅި!

Mar 18, 2019

ތުންފަތުގައި ޖައްސަން ލިޕްސްޓިކް އެއް ހޯދާ އިރު އެންމެ ފުރަތަމަ ވެސް ބަލާނީ އެންމެ ގުޅޭނީ ކޮން ކުލަ އެއް ތޯ އެވެ. ގުޅޭނެ ކަހަލަ ކުލައެއްް ފެނުމުން އަވަހަށް ގަނެވެނީ އެވެ. އެކަމަކު ލިޕްސްޓިކް ޖެއްސުމުގައި ބަލަން ޖެހޭ ކަންކަން ވެސް ހުންނާނެ އެވެ. ކުލަ އާއި އެއްވަރަށް، އެ ޕްރޮޑަކްޓް އެއް ޖައްސައިގެން ތުންފަތަށް ގެއްލުން ނުވާނެ ލިޕްސްޓިކް އެއް ހޯދުން މުހިއްމެވެ. އަދި ގިނަ އިރު ހުންނާނެ، އިރުކޮޅަކާ އަލުން ޖައްސަން ނުޖެހޭ ކަހަލަ އެއްޗަކަށް ވެސް ވާން ޖެހެ އެވެ.

ނޯޓް ކޮސްމެޓިކްސްގެ ލިޕްސްޓިކް ތަކަކީ ގުދުރަތީ މާއްދާތައް ހިމަނައިގެން އުފައްދާފައިވާ އެއްޗިއްސެވެ. އެގޮތުން، އާގަން އޮއިލް އާއި ކޮކޯ ބަޓާ ފަދަ ގިނަ އިރު މޮއިސްޗާ ހިފަހައްޓާދޭ ގުދުރަތީ މައުދަނުތައް ހިމެނެ އެވެ. މޮއިސްޗާގެ ސަބަބުން ތުންފަތް ފަޅައިގެން ދިއުމާއި ތުންފަތް ކުރަކި ވުމުން ދުރުން ކޮށްދެ އެވެ.

ލިޕްސްޓިކް

ނޯޓް ގެ ލިޕްސްޓިކްގެ ތެރޭގައި، ތިން ވައްތަރެއްގެ ލިޕްސްޓިކް އެއް ހިމެނެ އެވެ. ގިނަ ބަޔަކަށް ކަމުދާ ރިޗް ކަލާ ލިޕްސްޓިކް އާއި އަދިވެސް އެންމެ ޓްރެންޑިންގް މެޓްމޮއިސްޓް ލިޕްސްޓިކްގެ އިތުރުން، ގިނަ އިރު ހުންނާނެ ގޮތަށް ހަދާފައިވާ ލޯންގް ވެއަރިންގް ލިޕްސްޓިކް ހިމެނެ އެވެ.

ގަދަ ކުލަތަކުން ގޮސް އެންމެ މަޑު ކުލަތައްވެސް މި ލިޕްސްޓިކް ތަކުގެ ތެރޭގައި ހިމެނެ އެވެ. އަދިވެސް ދިވެހިންނަށް އެންމެ ކަމުދާ ގަދަ ރަތް ކުލަ އަކީ ނޯޓްގެ ލިޕްސްޓިކް ރޭންޖުގައި ހިމެނޭ ކުލަތަކުން ފާހަގަ ކޮށްލެވޭ ކުލަ އެކެވެ.

ލިޕްގްލޮސް

ލިޕްގްލޮސް އަކީ ކުރީގެ ޓްރެންޑް އެއް ނަމަވެސް މިހާރު މި ޓްރެންޑް އަންނަނީ އަނެއްކާވެސް ވައިގައި ހިފަމުންނެވެ. ނެޗުރަލް ކަމަށް ދައްކާ މަޑު ކުލަ ކުލައިގެ ލިޕް ގްލޮސްތައް، ބޭރު ދުނިޔޭގައި ފެޝަން މޮޑެލުން ވެސް ބޭނުން ކޮށްފައި ހުންނަ ތަން ރަންވޭ ތަކުން ފެނެ އެވެ.
ނޯޓްގެ ލިޕްގްލޮސް ތަކުގައިިވެސް ތިން ރޭންޖް އެއްގެ ލިޕްގްލޮސް ހިމެނެ އެވެ. އެގޮތުން، ލޯންގް ވެއަރިންގް ލިޕްގްލޮސް އާއި މެޓް ލުކް އަކަށް ލޯބި ކުރާ މީހުންނަށް ހާއްސަ މެޓް މޮއިސްޓް ލިޕްގްލޮސް އާއި ކުލަ ގަދަ ހައިޑްރާ ލިޕްގްލޮސް ހިމެނެ އެވެ. ރޭގަނޑު ހާއްސަ ހަފްލާ އަކަށް ދިއުމަށް ނުވަތަ ޕާޓީ އަކަށް ދިއުމަށް، ހައިޑްރާ ލިޕް ގްލޮސް ވަރަށް ކަމުދާނެ އެވެ. އަދި ބުރަ މަސައްކަތް ކުރާ މީހުންނަށް މެޓް ލިޕްގްލޮސް ފުރިހަމަ އެވެ. ލިޕްސްޓިކް ފޮހެވިގެން އަބަދު ޖައްސަން ނުޖެހޭނެ ކަމަށް ޓެސްޓު ކޮށްފައި ތިބި މީހުން ޔަގީން ކަން ދެ އެވެ.
މި ލިޕްގްލޮސް ތަކުގައިވެސް ތަފާތު ކުލަތައް ހިމެނެ އެވެ. އެންމެ މަޑު ނެޗުރަލް ކުލަ ތަކުން ގޮސް ގަދަ މެރޫން ކުލައިގެ ލިޕް ގްލޮސް ތައް ވެސް ނޯޓް ގެ ލިޕްގްލޮސް ރޭންޖުގައި ހިމެނެ އެވެ.

ނިއު އެޑިޝަނުން މިހާރު ރާއްޖެއަށް ތައާރަފު ކޮށްފައިވާ "ނޯޓް" ބްރޭންޑްގެ ކޮސްމެޓިކްސްއަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސިއްރަކީ މި ބްރޭންޑްގެ މޭކަޕްގެ ކޮލިޓީ އެވެ. މި ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓުތަކެއް އުފެއްދުމަށް ބޭނުންކޮށްފައި ވަނީ ވިޓަމިންސް އާއި މިނަރަލްސް އަދި ހަމަށް ފައިދާވާ ތަފާތު މާއްދާތަކުން މުއްސަނދިވެފައިވާ ތަކެއްޗެވެ. އަދި މި ލިޕްސްޓިކް ތަކަކީ ޖައްސާލުމަށްވެސް ފަސޭހަ ގިނަ ވަގުތު ހުންނާނެ ލިޕްސްޓިކް ތަކެކެވެ.