ނިއު އެޑިޝަން

"ނޯޓް"ގެ ފައުންޑޭޝަން ކަމުދަަނީ މިހެންވެ!

Apr 18, 2019

ނިއު އެޑިޝަނުން ރާއްޖެއަށް ތައާރަފުކުރި "ނޯޓް" ކޮސްމެޓިކްސްއަކީ މިހާރު ދިވެހި އަންހެނުންގެ މެދުގައި އެންމެ މަގުބޫލު އެއް މޭކަޕް ބްރޭންޑެވެ. ރަނގަޅު އަގެއްގައި ފަސޭހަކަމާއެކު މި ބްރޭންޑުގެ ކޮސްމެޓިކްސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން މިހާރު އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. "ނޯޓް"ގެ ކޮސްމެޓިކްސް ރޭންޖުގެ ތެރެއިން ފަައުންޑޭޝަން އަކީ އެންމެ ކުރިން ދިވެހިންގެ ތެރޭގައި ވައިގައި ހިފި އެކައްޗެވެ. ހާއްސަކޮށް ޒުވާން އަންހެންް ކުދިންގެ މެދުގައި މަގުބޫލުކަމެއް ހޯދި އެވެ. ފަައުންޑޭޝަންގެ ވާހަކަ ދައްކަންޖެހޭ ސަބަބުތައްވެސް ބައިވަރެވެ.

ފައުންޑޭޝަން ކުލަ ދިމާ ކުރަން ވަރަަށް ފަަސޭހަ

ފައުންޑޭޝަނެއް ހޯދުމުގައި ގިނަ ފަހަރު އެންމެ އުނދަގޫވާ އެއް ކަމަކީ، ކުލަ ދިމާ ކުރުމެވެ. ފައުންޑޭޝަންގެ ކުލަ އާއި މޫނުގެ ކުލަ ދިމާ ނުވެ ދެ ކުލައެއްގައި ހުންނާކަށް އެކަކުުވެސް ބޭނުމެއް ނުވާނެ އެވެ. ބައެއްފަަހަރު ގަންނަ ފަައުންޑޭޝަން ކުލައަކީ ދެ ޝޭޑް އަލި ކުލަ އަކަށްވެ އެ ފުޅި ބޭކާރުވެސް ވެ އެވެ. ފައުންޑޭޝަން އެއް ގަތުމުގެ ކުރިން އެންމެ ކުރިން ބޭނުންވާނީ އެ ފުޅިން އެތިކޮޅެއް މޫނުގައި އުނގުޅާލާ ކުލަ ދިމާވޭތޯ އަމިއްލަ އަށް ބެލުމެވެ.

"ނޯޓް" ގެ ފައުންޑޭޝަން ހާއްސަވާ އެއް ސަބަބަކީ ފުޅި ގަތުމުގެ ކުރިން އެ ފިހާރާގައި ކުލަ ޓެސްޓު ކޮށްދިނުމަށް ހާއްސަ ކުދިން ތިބޭތީ އެވެ. ފިހާރައަށް ގޮސް ފަސޭހަކަމާއެކު އެމީހެއްގެ ހަމާ އެއް ކުލަ އެއްގެ ފުޅި އެއް ޓެސްޓުކޮށް ހިތްހަމަޖެހިގެން ހުރެ ގަނެވޭނެ އެވެ. މި ފިހާރާގައި މޭކަޕް ގަތުމަށް އެހީވެދޭން ތިބޭ ކުދިންނަކީ "ނޯޓް ކޮސްމެޓިކްސް" އިން ގަބޫލުކުރާ ފެންވަރަށް މޭކަޕާ ގުޅުންހުރި ކަންކަން ދަަސްކޮށްދެވި ޓްރެއިނިންގްތައް ހަދާފައިވާ ކުދިންނެވެ.

ތަފާތު ފައުންޑޭޝަންތަކެއް

"ނޯޓް" ކޮސްމެޓިކްސްގެ ދަށުން ތަފާތު ފަސް ފައުންޑޭޝަން އެއް ވަނީ އުފައްދާފަ އެވެ. މި ފައުންޑޭޝަންތަކުގެ ތެރޭގައި ގިނަ އިރު ހުންނާނެ މެޓިފައިންގް އެކްސްޓްރީމް ވެއާ ފައުންޑޭޝަންއަކީ އެންމެ މަގުބޫލު އެެއް ފައުންޑޭޝަން އެވެ. ހާއްސަ ކޮށް ރާއްޖެ ކަހަލަ އަވިދޭ ގައުމަކަށް މި ފައުންޑޭޝަން ކަމުދާނެ އެވެ. އަަވީގައި ޖެހި ހަންގަނޑަށް އެކި ގޮތްގޮތުން ގެއްލުން ވުމުން ދުރުކޮށްދިނުމަށް "ނޯޓް"ގެ ހުރިހާ ފައުންޑޭޝަން އެއްގައިވެސް ވަނީ "އެސްޕީއެފް 15" ހިމަނާފަ އެވެ.

  • ނޯޓް ގެ ފައުންޑޭޝަންތައް
  • ޑީޓޮކްސް އެންޑް ޕްްރޮޓެކްޓް ފަައުންޑޭޝަން
  • މެޓިފަައިންްގް އެކްސްޓްރީމް ވެއާ ފައުންޑޭޝަން
  • ލުމިނަސް މޮއިސްޗަރައިޒިންގް ފައުންޑޭޝަން
  • ރިޖުުވިނޭޓިންގް ފައުންޑޭޝަން
  • މިނެރަލް ފައުންޑޭޝަން

މީގެ އިތުރުން، މޫނުގެ ހަންގަނޑު ކުރަކިވެފައި އިތުރު މޮއިސްޗާ އެއް ބޭނުންވާ މީހުންނަށް "ނޯޓް"ގެ ލުމިނަސް މޮއިސްޗަރައިޒިންގް ފައުންޑޭޝަން ގުޅޭނެ އެވެ. މީގައި ހިމެނޭ މޮއިސްޗާގެ ސަބަބުން މޫނުގެ ހަން ކުރަކިވުމުން ދުރުކޮށްދީ ތާޒާވެފަައި ޒުވާން ލުކް އެއްގައި ފެންނާނެ އެވެ.

މި ފައުންޑޭޝަންތަކުގެ ތެރެއިން، އުމުރުން ދުވަސްވީ މީހުން އަބަދުވެސް ހޯދާ "އެންޓި އޭޖިންގް އިފެކްޓް" ހިމަނާފަައިވާ ފައުންޑޭޝަން އެއްވެސް "ނޯޓް" ކޮސްމެޓިކްސްގެ ފައުންޑޭޝަން ފުޅިތަކުގައި ހިމެނެ އެވެ. "ނޯޓް"ގެ ރިޖުުވިނޭޓިންގް ފައުންޑޭޝަން އަކީ، މުހިއްމު އެންޓިި އޭޖިންގް މާއްދާ އެއް ކަމަށްވާ އާގަން އޮއިލް ހިމަނައިގެން އުފައްދާފަައިިވާ ފައުންޑޭޝަން އެކެވެ. މި ފައުންޑޭޝަން އުނގުޅާލުމުން، މޫނުމަތީގައި ހުންނަ ރޫތައް ފިލައި އެއްވަރު ކޮށްލަ އެވެ. ޒުވާންކަންމަތީ ހުންނަން ބޭނުންވާ މީހުންނަށް މި ފަައުންޑޭޝަން އިން އިތުރު ފުރިހަމަ ކަމެއް ލިބޭނެ އެވެ.

ނޯޓްގެ ފައުންޑޭޝަންތައް ހާއްސަވާ އެންމެ މުހިއްމު އެއް ސަބަބަކީ މީގެ ކަލާ ރޭންޖްގެ ސަބަބުންނެވެ. އެކި ހަމާ ގުޅޭ އެކި ކުލަކުލައިގައި ފައުންޑޭޝަންތަައް ހުރި އިރު މިއީ ޖައްސާލަން ފަަސޭހަ ތަފާތު ބާވަތްތައް ހިމެނޭ ގޮތައް އުފައްދާފައިވާ ފަައުންޑޭޝަންތަކެކެވެ.

"ނޯޓް" ބްރޭންޑްގެ ކޮސްމެޓިކްސްއަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސިއްރަކީ މި ބްރޭންޑްގެ މޭކަޕްގެ ކޮލިޓީ އެވެ. މި ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓުތަކެއް އުފެއްދުމަށް ބޭނުންކޮށްފައި ވަނީ ވިޓަމިންސް އާއި މިނަރަލްސް އަދި ހަމަށް ފައިދާވާ ތަފާތު މާއްދާތަކުން މުއްސަނދިވެފައިވާ ތަކެއްޗެވެ.

މި ބްރޭންޑަށް އެންމެ އިތުބާރު ކުރެވޭ ސަބަބަކީ މި ބްރޭންޑުގެ ހުރިހާ އުފެއްދުންތަކަކީ ވެސް ސަތޭކަ ފަސެންޓު ހަލާލް ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތަކަކަށް ވުމެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގައި އެއްވެސް މިންވަރަކަށް އޫރާއި އެސިޑް އަދި ރަލުގެ އެއްވެސް މާއްދާއެއް އެކުލެވިގެނެއް ނުވެ އެވެ.