ނިއު އެޑިޝަން

ނޯޓް ކޮސްމެޓިކްސްގެ މެޓް ސީރީޒްގެ އެޑިޝަން ލޯންޗުކޮށްފި

ނިއު އެޑިޝަނުން މިހާރު ރާއްޖެއަށް ތައާރަފު ކޮށްފައިވާ "ނޯޓް" ބްރޭންޑްގެ ކޮސްމެޓިކްސްއަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސިއްރަކީ މި ބްރޭންޑްގެ މޭކަޕްގެ ކޮލިޓީ އެވެ. މި ބްރޭންޑުން މިހާރު ވަނީ މޭކަޕްގެ އާ ޕްރޮޑަކްޓްތަކެއް ރާޖެއަށް ލޯންޗުކޮށްފަ އެވެ. ދިވެހިންނަށް ކަމުދާނެ މެޓް ލުކްތަކެއް ގެނެސްދޭ މި ޕްރޮޑަކްޓުތަކަކީ ހާއްސަ ދުވަސްތަކަށާއި ކޮންމެ ދުވަހަކަށްވެސް ބޭނުންކޮށްލެވިދާނެ އުފެއްދުންތަކެކެވެ.

އަލަށް ލޯންޗުކުރި މޭކަޕްތަކުގެ ތެރޭގައި ސްކަލްޕްޓް މާސްޓާ މަސްކަރާ، މެޓަލިކް އައިޝެެޑޯ، ފްލޯލެސް ސުޕާ މެޓް ލިޕްސް އަދި މެޓްއެވާ ލިޕް އިންކް ހިމެނެ އެވެ.

ސްކަލްޕްޓް މާސްޓާ މަސްކަރާއިން އެސްފިޔަތަކަށް ފުރިހަމަކަން

ނޯޓު ބްރޭންޑްގެ މި މަސްކަރާގައި ބޭނުންކޮށްފައިވާ ހާއްސަ މާއްދާތަކުންނާއި މަސްކަރާގެ ބުރުސް ބޭނުންކޮށްލުމުން ޕްރޮފެޝެނަލް ފެންވަރުގެ ޗާލު ބަބުޅާ މޭކަޕް އެފެކްޓެއް ފަސޭހައިން ދެއްކޭނެ އެވެ.

މަސްކަރާ ބުރުހުގެ ނަރުތައް ސީދާކޮށް ހުންނަ ބައިން އެސްފިޔައަށް ޓެކްސްޗާ ގެނެސްދޭނެ އެވެ. އަދި ހަމައެއާއެކު ކަތިކޮށް ހުންނަ ނަރުތަކުން އެސްފިޔައިގެ އިސްތަށިތައް ވިނަވައިލަދީ އިސްތަށިތައް ދިިގު ކަމަށް ދައްކާނެ އެވެ. ބަލާލަން ރީތި ޗާލު އެސްފިޔައެއް ސިކުންތުކޮޅެއްގެ ތެރޭގައި މި މަސްކަރާގެ އެހީގައި ހެދޭނެ އެވެ.

މި މަސްކަަރާއަކީ، ވިޓަމިން ސީ އާއި ވިޓަމިން އީ ގެ މުއްސަނދި ހާއްސަ ފޯމިއުލާއިން އެސްފިޔަތައް ވަރުގަދަަ ކޮށްލައިދީ މީގައި ބޭނުންކޮށްފައިވާ ޑީ ޕެންތެނޮލް މާއްދާއިން އެސްފިޔަ ދިގުވެ، ދުޅަހެޔޮ ވުމަށްވެސް ފަހިވާނެ މަސްކަރާއެކެވެ.

ވިދާ ބަބުޅަން ބޭނުންވާނަމަ މެޓަލިކް އައިޝެެޑޯ ސެޓް

ފުރިހަމަ މޭކަޕެއްގައި ކޮންމެވެސް ވަރެއްގެ ވިދުމެއް ހުރުމުން އެ ލުކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ. ނޯޓްގެ މެޓަލިކް އައިޝެޑޯ ސެޓުގައި ހުންނަަ މެޓަލިކް އެފެކްޓް ކުލަތަކަކީ ގިނަ އިރު ވިޔަސް ކުލަ ފަނޑު ނުވާ ސްމަޖް ޕްރޫޕް، ތާޒާ މޭކަޕެއް މުޅި ދުވަހު ދައްކުވައިދޭ ކުލަތަކެކެވެ. މެޓަލިކް އައިޝެޑޯ ސެޓުގެ މި ވިދާ ކުލަތަކުން ކޮންފިޑެންްޓް މެޓަލިކް ލުކްއެއް ދެއްކިދާނެ އެވެ.

ބޭނުން ކުރާނެ ގޮތްތައް

  • އެންމެ ފަނޑު ކުލައަކުން ލޮލުގައި ކުލަ ޖައްސާލާ
  • ފުރަތަމަ ބޭނުން ކުރި ކުލައަށްވުރެ މަޑު ކުލައެއް ލޮލުގައި ކުރިން ޖެއްސި ކުލައިގެ މަތިން އުނގުޅާލާ
  • ލޯގަނޑުން ބަލައިގެން އަނދިރި ކުލަ ޖައްސާނެތަން ޔަގީންކޮށްލާ
  • ކުލަތަކުގެ ތެރެއިން ބޭނުންވާ އެންމެ އަނދިރި ކުލަ ނެގުމަށްފަހު ލޮލުގެ "ކްރީސް"ގައި ޖައްސަލާ

ނޯޓްގެ މި އުފެއްދުމަކީ، ރީތިވުމަށް ބޭނުންކުރާ އެހެން އުފެއްދުންތަކުގައި ބޭނުންކުރާ ޕެރެބެން ކެމިކަލް ބޭނުން ކޮށްފައިވާ އުފެއްދުމެއް ނޫނެވެ. ގުދުރަތީ ކުލަތަކަށް ލޯބިކުރާ މީހުން ގަޔާވާ ގޮތަށް އުފައްދާފައިވާ މި އުފެއްދުމުގައި ވިޓަމިން އީ ވަނީ ހިމަނާފަަ އެވެ.

ފްލޯލެސް ސުޕާ މެޓް ލިޕްސްގެ ސިއްރު

ނޯޓު ބްރޭންޑްގެ މެޓްއެވާ ލިޕްއިންކުން ތުންފަތުގައި ޖައްސާ ކުލަ އޮމާންކޮށް ފެންނާނެ އެވެ. މި ލިޕްސްޓިކްގެ ކުލަ ފަސޭހައިން ފޭދިގެން ނުދާނެގޮތަށް މީގައި ހާއްސަ މާއްދާތަކެއް ބޭނުންކޮށްފައި ވެ އެވެ. އެގޮތުންް، އާގަން އޮއިލް އާއި ވިޓަމިން އީ ފަދަ މޮއިސްޗާ ހިފަައްޓައިދޭ މާއްދާތައް ވަނީ ހިމަނާފަަ އެވެ. ލިޕްސްޓިކްގައި ބޭނުންކޮށްފައިވާ ކްރީމީ ޓެކްސްޗާގެ ލުއިކަމުން ކުލަޖައްސާފައި ހުރި ކަމުގެ އިހުސާސްވެސް ބައެއް ފަހަރު ނުކެރެވޭނެ އެވެ.

ފްލޯލެސް ސުޕާމެޓް ބޭނުން ކުރާނެ ގޮތް

  • ތުންފަތުގެ ހިކިކަން ފިލުވާލުމަށްޓަކައި ލިޕް ސްކްރަބެއް ބޭނުންކޮށްގެން ތުންފަތް ތެތްކޮށްލުމަށްފަހު ޓިޝޫއަކުން ނުވަތަ ރުމާލަކުން ފޮހެލާ
  • ތުންފަތުގެ އަސްލު ކުލައާ އެއްވަރުގެ ކުލައެއް، ނުވަތަ އެއަށްވުރެން އަނދިރި ނުވަތަ އެއަށްވުރެން އަލި ކުލައެއްގެ ލިޕްލައިނާ ބޭނުންކޮށްލާ
  • ތުންފަތުގެ މެދުން ފެށިގެން ތުންފަތުގެ ހުރަހަށް މެޓްއެވަރ ލިޕްސްޓިކް އުނގުޅާ

ނޯޓްގެ ފްލޯލެސް ސުޕާ މެޓްއެވާ ގެ ތަފާތު 18 ކުލައެއް މެޓް ލިޕްސްޓިކްތަކަށް ލޯބި ކުރާ ފަަރާތްތަކަށް ހާއްސަ ވާނެ އެވެ.

ނޯޓް މެޓްއެވާ ލިޕް އިންކުން ފުރިހަމަ މެޓް ލުކެއް

މި ބްރޭންޑްގެ ލިޕްސްޓިކްއަކީ ތުންފަތަށް ފަށުއި އިހުސާސެއް ގެނެސްދޭ އޭގެ ކުލަ ފޭދިގެން ނުދާ ގޮތަށް ކުލަ ތުންފަތުގައި ހިފަހައްޓާ ވައްތަރެކެވެ. ތުންފަތް ތެތް ކޮށްލުމަށް ހާކާލާ ލިޕްގްލޮސްއެއް ފަދައިން ފަސޭހަކަމާއެކު ބޭނުން ކޮށްލެވޭ މި ލިޕްސްޓިކުން ތުންފަތަށް ގެނެސްދޭނެ އޮމާން ކަން އިހުސާސްކޮށްލާށެވެ. މީގެ ކުލައަކީ އޭގެ އޮމާންކަމުގައި އެއްވެސް ކޫރުމެއް ނެތި ބަރާބަރު އަށް ގަޑިއެއްހާ އިރު ދެމިހުންނާނެ ކުލައެކެވެ.

މި ބްރޭންޑްގެ ލިޕްސްޓިކްއާއެކު، ބޭނުން ގޮތަކަށް ތުންފަތް ބައްޓަންކޮށްލުމަށްވެސް ފުރުސަތު ލިބޭނެއެވެ. އަދި އެހާމެ އަވަހަށް މިލިޕްސްޓިކް ތުންފަތުގެ ބައްޓަމުގައި ހަމަޖެހިލާނެ އެވެ. ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ، މެޓްއެވާ ލިޕްއިންކްގެ އޮމާންކަން އިހުސާސްކޮށްލުމެވެ.

މި ލިޕްސްޓިކް ވަނީ އޭގެ ކުލަ ސާބިތުކަމާއެކު ދެމެހެއްޓޭތޯ ބެލުމަށް ޓެސްޓްކުރެވިފައެވެ. އިންސާނެއްގެ ހަމުގައި ބީހިލުމުން މީގެ ކުލަ ފޭދިގެން ދޭތޯ ބެލުމަށް "ކިސް ޕްރޫފް" ސެޓިފިކެޓް ހޯދުމަށް ވަނީ ޓެސްޓު ކުރެވިފައި ވެއެވެ. މި ސެޓިފިކެޓަކީ ކުލަ ދެމިހުންނާނެކަމުގެ ޔަގީންކަން ބެލުމަށްޓަކައި ކުރެވޭ ހާއްސަ ޓެސްޓެކެވެ. ނޯޓުގެ އާ މެޓްއެވާ ލިޕް އިންކްގެ ކިސް ޕްރޫފް އަކީ، މި ލިޕްސްޓިކް ހަމުގައި ޖެހުމުން ފޭދިގެން ނުދާނެ ފެންވަރުގެ ކޮލިޓީ އުފެއްދުމެކެވެ. މި ލިޕްސްޓިކް ބޭނުންކޮށްގެން، ތިބާއަށް ހީލާފައި، ހާސްކަމެއް ނެތި ބުއިންތައް ބޮއެ، ކިސްކޮށް ތިމާގެ ލިޕްސްޓިކްއާ މެދު ފަރުވާލެއް ނުބަހައްޓައި އުޅެލެވޭނެ އެވެ.

މެޓްއެވާ ލިޕްސްޓިކްއިން ތުންފަތަށް ތާޒާކަން ގެނެސްދެނީ، އެމެޒޯން ޖަންގަލީގެ ރަށްވެހިންގެ ކާނާގައި ބޭނުންކުރާ މަރޫމަރޫ ރުކުގެ މޭވާގެ ތެޔޮ ބޭނުންކުރުމުންނެވެ. ފަރިކަން ދައްކާލުމަށް މެޓްއެވަރ ލިޕްސްޓިކްގެ 18 ކުލައަކުން ޒީނަތްތެރި ވެލުން ކިހިނެއް ތޯއެވެ؟