މޭކަޕް ބޭނުންކުރާ ފަރާތްތަކަށް އެންމެ ފުރަތަމަ ވެސް ޕްރޮޑަކްޓެއް ފެނުމުން ބަލައިލެވޭނީ އޭގެ ކޮލެޓީ އަށެވެ. ހަމުގައި ޖައްސާ ކުލައެއް ވިއްޔާ އެއިން ތިމާގެ ހަމާއި ހަށިގަނޑަށް ގެއްލުމެއް ލިބިދާނެ ތޯއެވެ. ކޮލެޓީގެ އިތުރުން ރީތި ކުލަ ތައް ހިމެނޭ އައިޝެޑޯ ތަކާއި ލިޕްސްޓިކްތައް ހޯދުމަކީ ވެސް ގިނަ މީހުން ވަރަށް ސަމާލުކަންދޭ ކަމެކެވެ.
ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް އަކީ މުޅި ދުނިޔޭގެ މަޝްހޫރު ކަން ހޯދާފައިވާ މޭކަޕް ބްރޭންޑެކެވެ. ނޯޓް ބްރޭންޑްގެ މޭކަޕް އުފައްދަނީ ގުދުރަތީ މާއްދާތަކުގެ ތެރޭގައި ހިމެނޭ އާގަން އޮއިލް އާއި ގްރޭޕް ފްރުޓް އަދި ކޮރަލް ސްވީޑް ފަދަ ތަކެތިިންނެވެ.
ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް ތެރޭގައި ހިމެނޭ ޕާފެކްޓް ލައިން ސީރީސްއަކީ އާންމުންގެ ތެރޭގައި މަގްބޫލުކަން ހޯދަމުން އަންނަ ސީރީސް އެކެވެ. ޕާފެކްޓް ލައިން ސީރީސްގައި ހިމެނެނީ ޕާފެކްޓިން ސްކިން ޕްރައިމާ، ޕާފެކްޓިން ސްކިން އިލުމިނޭޓާ، ޕާފެކްޓިން ކޮންސީލާ އެންޑް ހައިލައިޓާ ޕެން، ޕާފެކްޓިން ކޮންޓުއާ ކިޓް ޕައުޑާ ޕަލެޓް، ޕާފެކްޓިން ކޮންޓުއާ ކިޓް ކްރީމް ޕެކެޓެވެ.
ޕާފެކްޓިން ސްކިން ޕްރައިމާއަކީ މޫނުގައި ފައުންޑޭޝަން ނުވަތަ ފުއް ޖެހުމުގެ ކުރިން މޫނު ރީތިކޮށް އުޖާލާ ކުރުމަށް ބޭނުންކުރާ ޕްރޮޑަކްޓެކެވެ. މިއީ އޮއިލީ ސްކިންތަކަށް ހާއްސަކޮށް އުފައްދާފައިވާ ޕްރޮޑަކްޓެކެވެ. މި ސްކިން ޕްރައިމާގައި ހިމެނޭ އާގަން އޮއިލް އިން މޫނު މޮއިސްޗަރައިސް ކޮށް ބެހެއްޓުމަށް އެހީތެރި ވެދެއެވެ. އަދި ވިޓަމިން އީގެ ސަބަބުން މޫނަށް އިރުގެ އަލިންނާއި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތް ކޮށްދެއެވެ.
ޕާފެކްޓިން ސްކިން އިލުމިނޭޓާ އަކީ ޑްރައި މޫނުތަކަށް ހާއްސަކޮށް އުފައްދާފައިވާ ކްރީމެކެވެ. މި ކްރީމް ބޭނުން ކުރުމުން މޫނު އިތުރަށް އުޖާލާ ކޮށް މޮއިސްޗަރައިސް ކަމާއެކު ބެހެއްޓުމަށް މަގުފަހިކޮށްދެ އެވެ. އިލުމިނޭޓާ ކްރީމް ބޭނުން ކުރުމުން މޭކަޕް ކުރާ އިރު މޫނު ޑްރައިވުމުން ސަލާމަތް ވެގެން ދެއެވެ. މިއީ ހައިލައިޓާ އެއްގޮތުގައި ވެސް ބޭނުން ކުރެވިދާނެ ކްރީމެކެވެ.
މޭކަޕް ކުރާއިރު މޫނުގައި ހުންނަ ޑާކް ސްޕޮޓްތައް މަދުކުރުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެ އެވެ. ކޮންސީލާ އާއި ހައިލާޓާ ހިމެނޭ މި ޕާފެކްްޓިން ޕެން އިން މޫނުގެ ޑާކް ސްޕޮޓްތައް މަދުކޮށް މޫނުގެ އެކި ތަން ތަން ހައިލައިޓް ކޮށްދިނުމަށް އެހީވެދެއެވެ.
ގިނަ ބަޔަކު މި ޕާފެކްޓިން ޕެން ފާހަގަ ކުރަނީ އޯލް އިން ވަން ޕެކޭޖެއް ގޮތުގަ އެވެ. ސަބަބަކީ ކޮންސީލާއާއި ހައިލައިޓާ މި ޕެންގައި ހިމެނުމުންނެވެ.
ނޯޓް ޕްރޮޑަކްޓްތައް ހުންނަނީ އާންމުންނަށް ބޭނުން ކުރަން ފަސޭހަ ކަމާއެކު ކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން ޕާފެކްޓިން ކޮންޓްއާ ކިޓްގެ ދެ ވައްތަރެއެއް ހުރެ އެވެ. އެއީ ކްރީމް ބޭނުން ކުރަން ބޭނުންވާ ފަރާތް ތަކަށް ޕާފެކްޓް ކޮންޓުއާ ކްރީމް ޕަލެޓް އަދި ޕައުޑާ ބޭނުންވާ ފަރާތްތަކަށް ޕާފެކްޓް ކޮންޓުއާ ޕައުޑާ ޕަލެޓް އެވެ. ހުރިހާ ވައްތަރެއްގެ ސްކިން އަކާ ވެސް ގުޅޭ މި ކޮންޓުއާ އަދި ޕައުޑާ ޕެލެޓްގައި ތިން ކުލައެއް ހިމެނެ އެވެ. އެއީ ހުުދު ކުލަ، މުށި ކުލަ އަދި ބްރޯންޒް އެވެ.
ގިނަ ބަޔަކަަށް ނިއުއެޑިޝަން ފިހާރައަށް ވަނުމަށް ފަހު ނިކުމެވޭނީ ނޯޓް ބްރޭންޑްގެ އެކި ވައްތަރުގެ ޕްރޮޑަކްޓް ތަކުގެ އަޖުމަ ބަލައިލުމަށް ފަހުގައިކަން ޔަގީނެވެ. ނޯޓް ބްރޭންޑްގެ ޕްރޮޑަކްޓްތައް ގިނަ ބަޔަކު ބަލައިގަންނަނީ ވެސް ސަބަބަކާ ނުލައެއް ނޫނެވެ. ނޯޓް ބްރޭންޑްގެ ޕްރޮޑަކްޓް ތަކުގެ ރިވިއު ބަލައިލުމުން ގިނަ ބަޔަކު ފާހަގަކޮށްފައި ވަނީ ނޯޓްގެ ޕްރޮޑަކްޓް ތަކުގެ ކޮލެޓީ ކަމާއި ސްކިން އާއި ގުޅޭ ގޮތަށް ޕްރޮޑަކްޓު އުފައްދާފަވާ ކަމެވެ.