ދުނިޔެ

ރިޝްވަތު ނުދިން އިންޑިއާ އަންހެނެއްގެ ގައިގައި ފުލުހުން ރޯކޮށްލައިފި

Jul 8, 2015
1

އިންޑިއާގެ ފުލުހުންނަށް ރިޝްވަތު ދޭން ދެކޮޅު ހެދި އަންހެނެއްގެ ގައިގާ ފުލުހުންގެ ބަޔަކު ރޯކޮށްލުމާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ އުތުރުގެ އުއްތަރަ ޕްރަދޭޝް އަަވަށުގެ ބަރަބަންކީ ސަހަރުގައި މިިދިޔަ ހޯމަދުވަހު އެވެ. އެ ހާދިސާގައި ހަށިގަނޑުގެ 80 ޕަސެންޓް ފިހުނު އުމުރުން 40 އަހަރުގެ ނީތު ވިވެދީ މަރުވީ އެ ސްޓޭޓުގެ ވެރިކަންކުރާ ލަކްނައުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ އެވެ.

އެ ފުލުހުން ބުނާ ގޮތުން ވިވެދީގެ ގައިގައި ރޯކޮށްލީ އަމިއްލަ އަށެވެ.

މިފަދަ އެހެން ހާދިސާއެއް އުއްތަރަ ޕްރަދޭޝްގައި މިދިޔަ މަހު ވެސް ހިނގާފައިިވެ އެވެ. އެ ފަހަރު ވެސް ފުލުހުންތަކެއް ވަނީ ނޫސްވެރިއެއް ކަމަށްވާ ޖަގެންދުރަ ސިންހްގެ ގައިގައި ރޯކޮށްލާފަ އެވެ. ޒަހަމްތަކަށް ފަރުވާ ދެމުން ދަނިިކޮށް އޭނާ ވެސް ވަނީ މަރުވެފަ އެވެ.