ދުނިޔެ

ސުންގަޑި އަށް ފަހު ވެސް އީރާންގެ ނިއުކްލިއާ މަޝްވާރަތައް ކުރިއަށް

Jul 8, 2015

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި ފަހުގެ އެއްބަސްވުމަކަށް އައުމަށް ކަނޑައަޅާފައިވާ ސުންގަޑި އިއްޔެ ނިޔަލަށް ހަމަވެފައި ވިޔަސް މަޝްވަރާތައް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އޮސްޓްރިއާގެ ވިއޭނާގައި ކުރިއަށްދާ މަޝްވަރާތައް ޗެއާކުރައްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހާރިޖީ ސިޔާސަތާ ބެހޭ މުޝީރު ފްރެޑްރިކާ މޮގަރިނީ ވިދާޅުވި ގޮތުގައި "އަދި ދުވަސްކޮޅަކަށް" މަޝްވަރާތައް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އެކަމަކު އޭގެ މާނަ އަކީ ސުންގަޑި އިތުރުކުރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރުމެން ސުންގަޑި މާނަ މިކުރަނީ ފްލެކްސިބަލްކޮށް. މާނަ އަކީ އެއްބަސްވުމަކަށް އައުމަށް ބޭނުންވާ މުއްދަތު މަޝްވަރާތަކަށް ހޭދަވާނެއޭ،" ފްރެޑްރިކާ ވިދާޅުވި އެވެ.

އީރާނާއި އެ ގައުމާ އެކު މަޝްވަރާކުރަމުންދާ އެމެރިކާ، އިނގިރޭސި ވިލާތް، ފްރާންސް، ޗައިނާ އަދި ރަޝިއާ އިން މިދިޔަ އޭޕްރީލް މަހު އެއްބަސްވެފައި އޮތީ ނިއުކްލިއާ މައްސަލަ ހައްލުކުރުމާ ބެހޭ ފަހުގެ އެއްބަސްވުން މިދިޔަ އަންގާރައިގެ ނިޔަލަށް އެކުލަވާލައި ނިންމުމަށެވެ. އެކަމަކު، ސުންގަޑީގެ ކުރިން އެއްބަސްވުމަކަށް ނާދެވޭނެކަން ކުރިން ވެސް އޮތީ ޔަގީންވެފަ އެވެ. އެއީ ވިއޭނާގައި މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ފަށައިގެން ކުރިއަށްދާ ވާހަކަތައް ވަކި ހިސާބަކުން މެދުކަނޑާލަން ޖެހުމުންނެވެ.

ފަހުގެ އެއްބަސްވުން އެކުލަވާލުމަށް ފުރަތަމަ ކަނޑައެޅި ސުންގަޑި މިދިޔަ އަންގާރައިގެ ނިޔަލަށް ހަމަވުމުން ވެސް މަޝްވަރާތައް ވަނީ އަލުން ފަށައިގެން ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ މަޝްވަރާތަކުގެ މުއްދަތު އިއްޔެގެ ނިޔަލަށް އިތުރުކުރަން ވެސް ނިންމާފައިވެ އެވެ.

އެހެން ނަމަވެސް، ދެވަނަ ފަހަރަށް ކަނޑައެޅި ސުންގަޑި ވެސް އިއްޔެގެ ނިޔަލަށް މި ވަނީ ހަމަވެފަ އެވެ.

ސުންގަޑީގެ ކުރިން އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، އެ އެއްބަސްވުން އެކުލަވާލެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ އިޓަލީގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ. އަދި ރަޝިއާގެ ވަފުދު ލީޑުކުރައްވާ، އެ ގައުމުގެ ހާރިޖީ ވަޒީރު ސަރްޖޭ ލެވްރޯ ވެސް މިއަދު ވިދާޅުވީ ފާއިތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.

"ހައްލުކުރަން މިހާރު އުޅެނީ އަށެއްކަ ނޫނީ ދިހަ ވަރަކަށް ކަންތައް. އެ ކަންތައްތައް ވެސް އުޅެނީ އެންމެ ފަހު މަރުހަލާގައި. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ،" ރަޝިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ލެވްރޯ ވިދާޅުވި އެވެ.

އިއްޔެގެ ނިޔަލަށް ކަނޑައެޅި ސުންގަޑީގެ ކުރިން އެއްބަސްވުމަކަށް ނާދެވުނީ، މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ދެ ފަރާތުގެ އޮފިޝަލުން ވެސް ވިދާޅުވެފައިވާ ގޮތުގައި، އީރާނުން އާ ޑިމާންޑްތަކެއް ކުރަން ފެށުމުންނެވެ. އެއީ އެ ގައުމުން ކުރިއަށް ގެންދާ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އީރާނަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ޑިމާންޑެވެ.

އެކަމަކު، އީރާންގެ މި ޑިމާންޑަށް ހުޅަނގުގެ އޮފިޝަލުން ދަނީ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި އެ ގައުމާ އެކު މަޝްވަރާކުރާ ބާރުތަކުން ބޭނުން ވަނީ ނިއުކްލިއާ މަސައްކަތް ވަރަށް ބޮޑަށް ކުޑަކޮށް، މަދުވެގެން 10 އަހަރުދުވަސް ވަންދެން އީރާނުން އެއްވެސް ނިއުކްލިއާ ދިރާސާއެއް ނުކުރުމަށެވެ. އޭގެ ބަދަލުގައި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެއްބަސް ވިޔަސް، އެކަން ކުރެވޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ހުޅަނގުން ދަނީ ޝަރުތުކުރަމުންނެވެ. އަދި އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް ގޮސް، ސައެންސްވެރިންނާ ސުވާލުކުރުމުގެ ފުރުސަތު ދިނުމަކީ ޑިމާންޑެކެވެ.

އިރާނާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވައިނުލަނީސް ނިއުކްލިއާ ޕްރޮގްރާމް ހުއްޓައި ނުލާނެ ކަމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވަނީ މިދިޔަ ހަފުތާގައި ވެސް ވިދާޅުވެފަ އެވެ. އަދި ހުޅަނގުން އެދެމުން ދިޔައަސް، މަދުވެގެން 10 އަހަރު ދުވަސް ވަންދެން ނިއުކްލިއާ ދިރާސާތައް ހުއްޓައި ވެސް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، އީރާނުގެ އަސްކަރީ އެއްވެސް ތަނަކަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުން ވަނުމުގެ ހުއްދަ ނުދޭނެ ކަމަށާއި އެއްވެސް ސައެންސްވެރިއަކާ ސުވާލު ކުރުމުގެ ފުރުސަތު ވެސް ނުދެވޭނެ ކަމަށް އީރާނުގެ ކަންކަމުގައި ފަހު ބަސް ވިދާޅުވާ ހާމަނާއީ ގެންދަވަނީ ތަކުރާރުކޮށް