މި ސީޒަނުގެ މިހާތަނަށް މާޒިޔާ ޓީމަށް ކުޅެމުން އައި ޖަޕާނުގެ މިޑްފީލްޑަރު އުނިކޮށް އެ މަގާމަށް ބްރެޒިލްގެ މިޑްފީލްޑަރަކު ހަމަޖައްސައިފި އެވެ.
ޖަޕާނުގެ ޓޯޝިޔާ ހޯސޭ ޓީމުން އުނިކުރީ މާޒިޔާ އަށް ކިރިގިސްތާނުގެ ގައުމީ ޓީމުގެ ކީޕަރު ޕަވެލް މަޓިއަޝް ގެނައުމުންނެވެ. އެފްއޭއެމުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމެއްގައި ޖަހާ ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން އެކަކު ވާންޖެހޭނީ އޭޝިޔާގެ ކުޅުންތެރިއަކަށެވެ.
އިސްކޮޅުގައި 6 ފޫޓް 2 އިންޗި ހުންނަ ކިރިގިސްތާނުގެ ބިޔަ ކީޕަރު މާޒިޔާ އަށް ގެނައީ އެ ޓީމުގެ ގޯލް ބަލަހައްޓަމުން އައި ދިވެހި ގައުމީ ކީޕަރު އިމްރާން މުހައްމަދަށް އަނިޔާވެ މި ސީޒަނުގައި ނުކުޅެވޭނެކަން ކަށަވަރުވުމުންނެވެ.
އޭނާ އަކީ 2009 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ އެއްވަނަ ކީޕަރެވެ.
މާޒިޔާ ޓީމު ލިސްޓުގައި އަލަށް ޖެހި އަނެއް ކުޅުންތެރިޔަކީ ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރު ރޮޑްރިގޯ މަރާންހޯ، 24 އަކީ ބްރެޒިލްގެ އެކިޑިވިޝަންތަކުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. މި ދެ ކުޅުންތެރިން ވެސް މާޒިޔާ އަށް ފުރަތަމަ ފަހަރަށް މި ކުޅުނީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރޭ މަހިބަދޫ އަތުން މާޒިޔާ 1-1އިން އެއްވަރުވި މެޗުގަ އެވެ. މި މެޗުގައި ކީޕަރު މިސްޓޭކް ހެދިއރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ރޮގްރިގޯ ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ.
މި ދެ ކުޅުންތެރިންނާއެކު މާޒިޔާގައި ދެން ތިބި ބިދޭސީ ދެ ކުޅުންތެރިންނަކީ ސްޕޭނުގެ ފޯވްޑް ފަބްލޯ ރޮޑްރިގޭޒް އާއި މެސެޑޯނިއާގެ ޑިފެންޑަރު ޓޯނީ ޑްޒަންގޮރޮވްސްކީ އެވެ.
މާޒިޔާ މި ވަގުތު އޮތީ ލީގުގެ ތިން ވަނާގަ އެވެ.