ދުނިޔެ

މަރުވި ބޮޑުމަހެއްގެ ބަނޑުން 40 ކިލޯގެ ޕްލާސްޓިކް

Mar 19, 2019

ފިލިޕީންސަށް ލެއްގި މަރުވެފައިއޮތް ބޮޑު މަހެއްގެ ބަނޑު ތެރެއިން 40 ކިލޯގެ ޕްލާސްޓިކް ފެނިފައިވާކަމަށް އެ ފަދަ ދިރާސާތައް ކުރާ ޖަމިއްޔާއަކުން ބުނެފި އެވެ.

މިދިޔަ މާޗު މަހު އެ ބޮޑު މަސް ލައްގާފައިވަނީ ޑަވާއޯ ސިޓީގެ އިރުން އޮންނަ ގޮނޑުދޮށަކަށެވެ. އެ ބޮޑުމަހުގެ ބަނޑުން ފެނުނު ޕްލާސްޓިކަކީ މިހާތަނަށް ބޮޑު މަހަކުން ފެނުނު އެންމެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކަމަށް އެ ޑީބޯން ކަލެކްޓާ މިއުޒިއަމުން އިތުރަށް ބުނެފައިވެ އެވެ.

އެ ޖަމިއްޔާއިން ބުނީ އެ މަހުގެ ބަނޑު ތެރެއިން 16 ޕްލާސްޓިކް ގޯންޏާއި ގިނަ އަދަދެއްގެ ކޮތަޅު ފެނިފައިވާ ކަމަށެވެ. އަދި ކުރިއަށް ދުވަސްތަކުގައި އެ މަހުގެ ބަނޑުން ފެނުނު ތަކެތީގެ ލިސްޓެއް އާންމުކުރާނެކަމަށް ވެސް އެ މިއުޒިއަމް އިން އިތުރަށް ބުންޏެވެ.

ކަނޑަށް އުކާލެވޭ ޕްލާސްޓިކްގެ މައްސަލަ ފިލިޕީންސް ފަދަ ދެކުނު އޭޝިއާގެ ގައުމުތަކުގައި ވަނީ ބޮޑުވެފަ އެވެ. އޭޝިއާގެ ފަސް ގައުމެއް ކަމަށްވާ ޗައިނާ، އިންޑޮނީޝިއާ، ފިލިޕީންސް، ވިއެޓްނާމްގެ އިތުރުން ތައިލަންޑް ކަނޑަށް އުކާލާ ޕްލާސްޓިކްގެ 60 ޕަސަންޓް ހިއްސާ ކުރާކަމަށް 2015 ވަނަ އަހަރުގެ ދިރާސާއަކުން ބުނެފައިވެ އެވެ.

މިދިޔަ އަހަރު ތައިލަންޑުގައި މަރުވެފައިއޮތް ބޮޑުމަހެއްގެ ބަނޑުން 80 ކިލޯގެ ޕްލާސްޓިކް ފެނުނު މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ.