ފީފާ

އިންފެންޓިނޯ ގެންނަން އުޅޭ ބަދަލަށް ޔޫރަޕު ދެކޮޅު

ކުލަބު ވޯލްޑްކަޕަށް ފީފާފާގެ ރައީސް ޖިއާނީ އިންފެންޓިނޯ ގެންނަން އުޅޭ ބަދަލަށް ޔޫރަޕްގެ ގިނަ ކުލަބުތަކުން ދެކޮޅު ހަދައިފި އެވެ.

ކުލަބު ވޯލްޑްކަޕު ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވައި ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ކުލަބުތަކަށް ބައިވެރިވެވޭގޮތަށް 24 ކުލަބަށް ވާދަ ކުރެވެ ގޮތަށް ހެދުމަށް ފީފާގެ ކައުންސިކުން މިއާމީގައި ބޭއްވި ބަދަލު ވުމުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ. ޔޫރަޕްގެ 232 ކުލަބު ތަމްސީލު ކުރާ ޔޫރަޕިއަން ކުލަބު އެސޯސިއޭޝަނުން ވަނީ، އިންފެންޓިނޯގެ އެ ވިސްނުމާ ދެކޮޅުކަން ހާމަ ކޮށްފަ އެވެ.

ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، ޔޫއެފާއަށް، ކުލަބު އެސޯސިއޭޝަނުން ފޮނުވި ސިޓީއެއްގައި ވަނީ، ކުލަބު ވޯލްޑްކަޕު އެގޮތަށް ބާއްވާނަމަ، އެ އެސޯސިއޭޝަންގެ މެންބަރު ކުލަބުތަކުން ބައިވެރިވުމާމެދު އެހެން ވިސްނުމަކަށް ދާން ޖެހި ދާނެ ކަމަށެވެ.

ކުލަބު ވޯލްޑްކަޕަށް އެ ބަދަލު ގެނައުމަށް، އިންފެންޓިނޯ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ކުލަބު ވޯލްޑްކަޕަށް އެ ބަދަލު ގެނައުމަށް އެންމެ ބޮޑަށް ބޭނުން ވަނީ އޭޝިއާ އާއި އަރަބި މުއްސަނދި ގައުމުތަކުންނެވެ. ސައުދީ އަރަބިއްޔާ އާއި އަރަބި ބައެއް އެހެން ގައުމުތަކުން ވަނީ ކުލަބު ވޯލްޑްކަޕު ބަދަލުކޮށް ބާއްވަން (387 މިލިއަން ދިވެހި ރުފިޔާ) ދޭނެ ކަމަށް ބުނެފަ އެވެ.

އިންފެންޓިނޯ ބޭނުންވީ، ކުލަބު ވޯލްޑްކަޕުން ލިބޭ ސްޕޮންސާޝިޕް އެހީ ބޮޑު ވާނެ ގޮތަށް ބަދަލު ގެންނާށެވެ. ޔޫރަޕްގެ ކުލަބުތައް ބައިވެރި ނުވާނެ ކަމުގެ އިޝާރާތެއް ދީފައި ވުމުން ޔޫއެފާއާއެކު އިންފެންޓިނޯ މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.