ފީފާ

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި

Dec 24, 2022
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: އޭނާ މިއަދު ވަނީ ރާއްޖެ ވަޑައިގެންފައި
0%
0%
0%

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި އެވެ.

މަންޒަރު ދުށް ބައެއް މީހުން އަވަސް އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އޭނާ ރާއްޖެ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައި އަމިއްލަ ޖެޓެއްގަ އެވެ.

"އެކަމަކު ދިޔަ ރިސޯޓެއް އަދި ނޭނގޭ،" މައުލޫމާތު ދިން މީހާ ބުންޏެވެ.

އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވީ އާއިލާއާ އެކު ޗުއްޓީއަށް ކަމަށްވާތީ ސަރުކާރުގެ އެއްވެސް އިދާރާ އަކުން ކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ފީފާ ވޯލްޑްކަޕް ނިންމަވާލެއްވުމަށްފަހު އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވިއިރު ވޯލްޑްކަޕްގައި ކުޅުނު ވަރަށް ގިނަ މަޝްހޫރު ކުޅުންތެރިން ވެސް ވޯލްޑްކަޕަށް ފަހު ޗުއްޓީ އަށް ރާއްޖެ އައިސްފައިވެ އެވެ.

ދުނިޔޭގެ މަޝްހޫރު އެތުލީޓުންނާއި ފިލްމީ ތަރިންގެ މެދުގައި ރާއްޖެ އަކީ އަބަދުވެސް މަގުބޫލު މަންޒިލެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
May
SunMonTueWedThuFriSat
27282930123456789101112131415161718192021222324252627282930311234567