ބޭރު ކުޅިވަރު

ބްރެޒިލްގެ ޒިކޯ ފީފާގެ ރައީސް ކަމަށް؟

Jul 8, 2015

ކުރިއަށް އޮތް ފީފާގެ އިންތިހާބުގައި އެ ޖަމާއަތުގެ ރައީސް ކަމަށް ވާދަކުރަން ބޭނުންވާ ކަމަށް ބްރެޒިލްގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޒިކޯ ބުނެފި އެވެ.

އިންޑިޔާ ލީގުގެ ގޯއާ އަށް ކޯޗުކޮށްދޭ ޒިކޯ ބުނީ ފީފާގެ ރައީސް ކަމަށް އޭނާ ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

"އަހަންނަށް ހީވަނީ ފީފާއިން ބަދަލު ކުރަންޖެހޭ ހެން އެމީހުން ކެނޑިޑޭޓަކު ސެލެކްޓްކުރާ ގޮތް. އަހަންނަށް ހީވަނީ އަހަރެން ވާދަކުރަންޖެހޭހެން. އަހަންނަށް ހީވަނީ އަހަރެން މިހުރީ ހުރިހާ ގޮތަކުން ވެސް ރައީސް ކަމަށް ވާދަކުރަން ތައްޔާރުވެފައި ކަމަށް ޖެނުއަރީގައި އިންތިހާބު ބާއްވާނަމަ. އެކަމަކު އަހަރެން މައާފަށް އެދެން ޖެހޭ ރައީސް ކަމަށް ކުރިމަތިލާނަމަ. އެއީ އަހަންނަށް އަންނަ އަހަރު ވަރަށް އުނދަގޫވާނެ ގޯއާ އަށް ކޯޗުކޮށްދޭން އަންނަން އިންތިހާބުގައި ވާދަކުރާނަމަ،" 62 އަހަރުގެ ޒިކޯ ބުންޏެވެ.

ޖަޕާނުގެ ގައުމީ ކޯޗުކަން ވެސް ކުރި ޒިކޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 71 މެޗު ކުޅެ 48 ގޯލު ޖަހާފަ އެވެ. އޭނާގެ ކޯޗިން ކެރިއަރުގައި ޒިކޯ ވަނީ 2004 ވަނަ އަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށް، އުޒުބަކިސްތާނާއި ތުރުކީ އަދި ރަޝިޔާގައި ކޯޗުކޮށްދީފަ އެވެ.