އެމްއެންޑީއެފް

އޮޔާދާ އޮނު ފީންޏެއް ނަގަން ފަށައިފި

ނ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ މާކުރެންދޫ ކައިރިން އޮޔާދާ ހިކި އޮނު ފީންޏެއް ނެގުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އޮޔާދާ ބޮޑު އެ އޮނުފީނިގެ މައުލޫމާތު ލިބިގެން ކޯސްޓް ގާޑުން ގޮސް ބެލި އިރު އޮޔާދާ އެ އޮނު ފީނީގެ ބައިތައް ކަނޑުގެ 40 ފޫޓު އަޑިއަށް ފެތުރިފައިވާ ކަމަށެވެ.

އޮނު ފީނި އެގޮތަށް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ އުޅަނދަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެތީ ކޯސްޓް ގާޑުގެން ދެންދަނީ އެ އޮނުފީނި ނެގުމުގެ މަސައްކަތް ކުރަމުންނެވެ.