ތިމާވެށި

ސީއެމްއެސްގައި ރާއްޖެ ބައިވެރިވުމާމެދު ގޮތެއް ނިންމަން މަޖިލީހަށް

Mar 19, 2019
1

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ތިމާވެއްޓާއި ގުޅުންހުރި ބައިނަލްއަގުވާމީ މުއާހަދާ، "ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް" (ސީއެމްއެސް) ގައި ރާއްޖެއިން ބައިވެރިވުމާމެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު އެ ގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި މިއަދު އެކަމަށް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށާއި އެ ކަމަކީ އެންވަޔަރަންމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގައި ހިމެނޭ ކަމެއް ކަމަށެވެ.

ސީއެމްއެސްއަކީ ކަނޑާއި އެއްގަމާއި ވައިގެމަގުން އެއްތަނުން އަނެއް ތަނަށް ހިޖުރަކުރާ ދިރުންތަކާއި އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރަން 127 ގައުމަކުން ބައިވެރިވެ ޢަމަލުކުރަމުން އަންނަ މުއާހަދާ އެކެވެ.

ބައިނަލްއަޤްވާމީ ގޮތުންނާއި ރާއްޖޭގެ ގައުމީ ފެންވަރުގައި ވެސް ރައްކާތެރިކޮށް ހިމާޔަތްކުރުން މުހިއްމު، ސީއެމްއެސް ގެ ދަށުން ބަލަހައްޓާ ދިރުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ މިޔަރާއި ވެލާ ކަހަނބާއި ދޫންޏާއި ކޯމަހާއި ބޮޑުމަހާއި މަޑީގެ ބާވަތްތަކެއް ވެސް ހިމެނެ އެވެ.

ސީއެމްއެސް ގައި ރާއްޖެއިން ބައިވެރިވުމުން ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.