މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ބަސް ދަތުރު ކާޑުގެ ރިލޯޑް އެޖެންޓުން ހޯދަނީ

މާލެ އިން ހުޅުމާލެއަށް ބަހުގެ ހިދުމަތް ދެމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަސް ދަތުރަށް ފައިސާ ދައްކަން ބޭނުންކުރާ "ޓަޗް ލިންކް" ކާޑު ރީލޯޑް ކޮށްދޭނެ ތިން އެޖެންޓަކު ހޯދަން އިއުލާން ކޮށްފި އެވެ.

އެމްޕީއެލް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ބަސް ދަތުރު ކާޑު ރީލޯޑް ކުރުމުގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކުން މިމަހު 24 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ އޮފީހަށް ގޮސް މައުލޫތު ސާފުކުރަން އެދޭ ކަމަށެވެ. އަދި އެ މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހު 28 ގައި ކަމަށެވެ.

މާލޭގައި ބަސް ދަތުރަށް ފައިސާ މިހާރު ވެސް ދައްކަނީ ދަތުރު ކާޑަކުންނެވެ. ކާޑު ތައާރަފް ކުރިއިރު އެމްޕީއެލް އިންވަނީ އެ ކާޑު ރީލޯޑް ކުރެވޭނެ އިންތިޒާމު ބަސް ޓާމިނަލްގައި ހަމަޖައްސާފަ އެވެ. ކާޑުން ފައިސާ ހުސްވުމުން ބަސް ޓާމިނަލްގައި ހުންނަށް ކައުންޓަރުން ރީލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި ވެއެވެ.

ބަސް ދަތުރު ކާޑެއް ހައްދައިދޭ އަގަކީ 20 ރ. އެވެ.