ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލެ ހުޅުމާލެ ބަސްް ދަތުރުތައް ފަށަނީ

މާދަމާއިން ފެށިގެން މާލެ އާއި ހުޅުމާލެ ދެމެދު ކުރާ ބަސް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު ބަސް ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ. މާދަމާ ނިއުނޯމަލް އާ އެއްގޮތަށް މި ދަތުރުތައް ފަށަނީ އާ ޝެޑިއުލްް އަކާއެކު އެވެ.

ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުން އާންމު ކޮށްފައިވާ ޝެޑިއުލްގައި ވާގޮތުން އެންމެ ފުރަތަމަ ބަސް ދަތުރު ފަށާނީ ހެނދުނު 6:30 ގަ އެވެ. އޭގެ ފަހުން ހަތަކުން ފެށިގެން ނުވައެއް ޖެހުމާ ހަމައަށް ދަތުރުތައް އެއް ގަޑިއިރުން އެއްގަޑި އިރުން ދަތުރުރައް ބާއްވަ އެވެ. އެއަށްފަހު، މެންދުރު 12:00 އިން ފެށިގެން ރޭގަނޑު 9:00 ޖެހުމާ ހަމައަށް ބަސް ދަތުރުތައް ބާއްވަނީ ދެ ގަޑިއިރުންނެވެ. އެންމެ ފަހު ބަސް ދަތުރު ކުރަނީ ރޭގަނޑު 11:00 އިގަ އެވެ.

މީގެ ކުރިން ބަސް ދަތުރު އޮންނަނީ ކޮންމެ 30 މިނިޓަކުންނެވެ.

ބަސް ދަތުރު ކުރާއިރު ބަހަށް އަރާ ފަރާތްތަކުން އެޗްޕީއޭ ގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ އެވެ. ނަމަވެސް، ޕަބްލިކް ޓްރާންސްޕޯޓްގައި އަމަލު ކުރާނެ ގޮތުގެ ގައިޑްލައިނެއް އެޗްޕީއޭއިން އަދި އާންމެއް ނުކުރެ އެވެ.

މާލެ ސިޓީގެ ލޮކްޑައުން އަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާއިރު ކޮވިިޑް ބަލީގެ 2013 ކޭސް ރާއްޖެ އިން ވަނީ ފެނިފަ އެވެ. އަދި މި ބަލިން ރަނގަޅުވެފައިވާ އަދަދު 1217 އަށް މިހާރުވަނީ އަރާފަ އެވެ.