ހަބަރު

ބަހުގެ އާ ރޫޓު ކާނިވާ ސަރަހައްދުން ފަށައިފި

އިތުރު ބަސް ސްޓޮޕް ތަކާއެކު ކާނިވާ ސަރަހައްދުން ހުޅުމާލެއަށް ބަހުގެ އާ ރޫޓުގެ ދަތުރުތައް ފަށައިފި އެވެ.

އެމްޕީއެލްއިން ބުނީ ބަހުގެ އާ ރޫޓުގެ ދަތުރުތައް ފަށާފައި ވަނީ އެކުންފުނިން ދެމުންދާ ދަތުރުފަތުރުގެ ނިޒާމު ފުޅާ ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން އިއްޔެއިން ފެށި ބަހުގެ އާ ރޫޓުން މާލެއިން ދެ ޕޮއިންޓަކަށް އަދި ހުޅުމާލެއިން ވެސް ދެ ޕޮއިންޓަކަށް މަޑު ކުރާނެ ކަމަށެވެ.

އާ ރޫޓުގައި ބަސް މަޑުކުރާނީ މާލެއިން ކާނިވާ ސަރަހައްދުގެ ބަސް ސްޓޮޕާއި ހެންވޭރު ވޮލީކޯޓު ކުރިމައްޗަށެވެ. ހުޅުމާލޭގެ ރެޑްވޭވް ކުރިމައްޗާއި ހުޅުމާލޭގެ ސެންޓްރޯ މޯލް ކުރިމައްޗަށެވެ.