ހަބަރު

ކުޅުދުއްފުށީގައި މާރުކޭޓަކާއި ސްޓޭޓް ހައުސްއެއް ހުޅުވައިފި

ހދ. ކުޅުދުއްފުށީގައި ސްޓޭޓް ހައުސަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފި އެވެ.

ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓާއި ސްޓޭޓް ހައުސް ހުޅުވައިދެއްވީ ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ

ސްޓޭޓް ހައުސް އަކީ އެ ރަށުގައިި ދައުލަތުގެ އިންތިޒާމްތަކަށް ބޭނުން ކުރާނެ، ކުރީގެ ރަށްވެހިގެތައް ފަދަ ތަނެވެ. ސްޓޭޓް ހައުސް ހުޅުވާދެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، ކުޅުދުއްފުށީގައި އެފަދަ ތަނެއް ހުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

"ހުރިހާ ބޭފުޅުންގެ ކިބައިން އެދެނީ މިތަންތަން ކުރިއަރުވާ ތަރައްގީ ކުރުމަށްޓަކައި، އަޅުގަނޑުމެންގެ އާ ވިސްނުންތައް ގެނެސް އާހިޔާލުތަކާއެކުގައި މަސައްކަތްތައް ފެށުން" މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ލޯކަލް މާރުކޭޓަކީ ހަތަރު މިލިއަނަށްވުރެ ގިނަ ހަރަދު ކޮށްގެން އިމާރާތްކޮށްފައިވާ މާރުކޭޓެކެވެ.