ދުނިޔެ

ލަންކާގައި ކިޑްނީ ޕޭޝަންޓުންގެ އަދަދު ދަށަށް

ކޮލަމްބޯގައި ކިޑްނީ ޕޭޝަންޓުންގެ އަދަދު ފާހަގަވާ މިންވަރަށް މަދު ވެއްޖެކަމުުގައި އެގައުމުގެ ރައީސް މައިތްރިޕާލާ ސިރިސެނާ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ފާއިތުވި ހަތަރު އަހަރު ތެރޭގައި ކިޑްނީ ބަލީގެ އަދަދު މަދު ކުރުމަށްޓަކައި ވަރަށް ބޮޑު އަހަންމިއްޔަތެއް ސަރުކާރުން ދީފައި ވާނެ އެވެ.

ސިރިސެނަ ބުނާގޮތުގައި އާންމުންގެ ފާޑު ކިޔުންތަކާއި އެކުވެސް މިދިޔަ 4 އަހަރު ތެރޭ އާންމުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ވަނީ ރަނގަޅު ކުރެވިފަ އެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތުގެ ދާއިރާ އިތުރަށް ފުޅާ ކުރެވި އެ ގައުމުގެ އެންމެނަށް ހިދުމަތް ލިބިގެން ދާނެކަމުގަ އެވެ.

ރައީސް ސިރީސެނާ ވަނީ ވެލްފެއާ އެންޑް ރިސާޗް ސެންޓަރާއި އަނޫރަދަޕޫރަ ޖެނެރަލް ހޮސްޕިޓަލް ގުޅުވައިގެން ވަނީ ކިޑްނީ ޕޭޝަންޓްސް ރިލީފް ސާވިސް ހުޅުވާދެއްވާފަ އެވެ.

މި ސެންޓަރު ބިނާކުރުމަށް ވަނީ އެގައުމުގެ ނެޝަނަލް ކިޑްނީ ފަންޑުން 437 މިލިއަން ރުޕީޒް ހަރަދުކޮށްފަ އެވެ. އަނޫރާދަޕޫރަ އަދި ޕޮލޮންނަރުވަ އަށް ނިސްބަތްވާ ސަރަހައްދުގައި ގާތްގަނޑަކަށް 17،000 ކިޑްނީ ޕޭޝަންޓުން ތިބިކަމުގައި ތަފާސް ހިސާބުތަކުން ދައްކައެވެ.