ހަބަރު

ޕްލާސްޓިކް ކޮތަޅު މަދުކުރަން ގައުމީ ކެމްޕެއިނެއް ފަށައިފި

އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކް ކޮތަޅު މަދުކުރަން ގައުމީ ކެމްޕެއިނެއް ފަށައިފި އެވެ.

އިއްޔެ އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެ ކެމްޕެއިން ލޯންޗުކޮށްދެއްވި އިރު، ޕްލާސްޓިކް މަދު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވެސް ކަމެކެވެ. އިއްޔެގެ އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ތިމާވެށީގެ ނަމޫނާ ރަށްތަކަށް ކޮތަޅު ހަވާލުކޮށް ދެއްވާފަ އެވެ. އެ ކޮތަޅުތަކަކީ ގިނަ ފަހަރު ބޭނުން ކުރެވޭ ތިމާވެއްޓާ ރައްޓެހި ކޮތަޅެވެ.

ނަމޫނާ ރަށްތަކުގެ ތެރޭގައި ހިމަނާފައި ވަނީ ފ. ނިލަންދޫ، ގއ. ގެމަނަފުއްޓާއި ވ. ފުލިދޫ އަދި ދ. ރިނބުދޫ އެވެ.