ހަބަރު

ރައީސް ސޯލިހު ރ. އަލިފުއްޓަށް ވަޑައިގެންފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރ. އަލިފުއްޓަށް ވަޑައިގެންފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސީލިހު އަލިފުއްޓަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެ ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ތާއިދު ހޯއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅު ތަކެކެވެ. އެގޮތުން އަލިފުއްޓަށް ވަޑައިގެންފައިވަނީ އެދާއިރާއަށް ކުރިމަތި ލައްވާފައިވާ އެމްޑީޕީގެ ކެނޑިޑޭޓު އަހުމަދު ރަޝީދު ހުސައިން (ބިގޭ) ގެ ކެމްޕެއިނަށެވެ.

ރ. އަލިފުއްޓަށް ރައީސް ވަޑައިގަތުމުން ވަނީ ވަރުގަދަ މަރުހަބާއެއް އެމަނިކުފާނަށް ދަންނަވާފަ އެވެ. ރައީސް ސޯލިހު ވަނީ އެމަނި،ކުފާނުގެ އެ ދަތުރުފުޅުގައި އަލިފުށީ ސުކޫލުގެ މަލްޓިޕާޕޯސް ހޯލްގެ ބިންގާވެސް އަޅުއްވާ ދެއްވާފަ އެވެ.

ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ދަތުރުތަކުގެ ހަރަދުތައް ބަލަހައްޓަނީ އެމްޑީޕީންނެވެ. އެ ދަތުރުފުޅަށްފަހު ރައީސް ދެން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ށ. އަތޮޅަށެވެ.