ހަބަރު

ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރި ތިޖޫރީއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ރ. އުނގޫފާރުފާރުގައި 550000 ރުފިޔާ ހުރީ ތިޖޫރީއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރެއްހާ އިރު، ރ. އުނގޫފާރުގެ "ވެސްޓްބީޗް ރެސްޓޯރަންޓް" ހިންގާ ވިޔަފާރިވެރިޔާގެ ގޭގައި ހުރި ތިޖޫރިއެއްގައި ހުރި އެ ފައިސާ ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމައްސަލައާއި ގުޅިގެން ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި ތިޖޫރީ އާއި ފައިސާ އަދި ފެނިފައި ނުވާ ކަމަށެވެ.