މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހޯދަނީ

Oct 26, 2021
1

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާ ހޯދަނީ ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ތަހުގީގު ކުރާ މައްސަލައެއްގައި ކަމަށެވެ.

ހޯދަން އިއުލާނުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށްވާ އިބްރާހިމް މުހައްމަދު އެވެ.

ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގަށް އެ މީހާ ހޯދަނީ އުޅޭ ވަކި ތަނެއް ނޭނގޭތީ ކަމަށެވެ. އަދި ފުލުހަށް ހާޒިރުވުމަށް އޭނާ އަށް ޗިޓު ވެސް ރައްދު ކުރެވިފައި ނުވާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ބިދޭސީން ޝާމިލްވާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.