ބޭރު ކުޅިވަރު

އިބްރަހިމޮވިޗް ގަތުމަށް ރެއާލް ހުށަހަޅަނީ

Jul 9, 2015

ސްވިޑްންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ގަތުމަށް ރެއާލް މެޑްރިޑުން ބިޑްކުރާނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެފި އެވެ.

ބައެއް މީޑިޔާތަކުން ބުނެފައިވަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ޕީއެސްޖީ ހިންގާ ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މި މަޝްވަރާތައް ކުރެވުނީ ޕެރޭޒްގެ އަމިއްލް ކުންފުނިން ގަތަރުގައިކުރާ ކޮންސްޓްރަކްޝަން މަސައްކަތްތަކަކާ ގުޅޭގޮތުން ކަމަށެވެ.

އިބްރަހިމޮވިޗާއި ޕީއެސްޖީއާ ވަނީ މައްސަލަޖެހިފަ އެވެ. އެއީ އުމުރުން މިހާރުގެ 33 އަހަރުގެ ފޯވަޑުގެ މިހާރުގެ ކޮންޓްރެކްޓްގެ ފަހު އަހަރު އޭނާގެ މުސާރަ 20 ޕަސެންޓަށް ބޮޑުކުރަން ޕީއެސްޖީން ދެކޮލު ހެދުމުންނެވެ.

ނަމަވެސް މިކަމަށް އެއްބަސްވެ އަހަރަކު 12 މިލިއަން ޔޫރޯގެ މުސާރައަކަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން ރެއާލް ތައްޔާރުވަމުންދާ ކަމަށްވެ އެވެ.

ޕީއެސްޖީން އިބްރަހިމޮވިޗް އުފުރާލުމަށް އޭނާގެ ކުރީގެ ކުލަބު އޭސީމިލާނުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ ޕީއެސްޖީއަށް ބަދަލުވީ ވެސް މިލާނުންނެވެ. ގޯލާ ރައްޓެހި އިބްރަހިމޮވިޗަކީ އިޓަލީގެ އޭސީމިލާނުގެ އިތުރުން އިންޓަމިލާނާއި ޔުވެންޓަސް އަދި ސްޕޭނުގެ ބާސެލޯނާ އާއި ހޮލެންޑްގެ ޕީއެސްވީ އަށް ކުޅެފައިވާ ވަރުގަދަ ފޯވަޑެކެވެ.