ރ. އަލިފުށި ސާފު ކުރުމުގެ ޕްރޮގްރާމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައި ދެއްވައިފި އެވެ.
އަލިފުށި ސާފު ކުރުމުގެ ޕްރޮގްރާމް ރައީސް ފައްޓަވައި ދެއްވީ މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެމަނިކުފާނާއެކު އެރަށުގެ ގިނަ ރައްޔިތުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެ ޕްރޮގްރާމަކީ ދުނިޔޭގެ ފެނުގެ ދުވަހާއި މޫސުމާބެހޭ ދުވަސް ފާހަގަ ކުރުމަށް ފެށި ޕްރޮގްރާމެކެވެ. ޕްލާސްޓިކް މަދުކުރުމަށް ފެއްޓި އެ ޕްރޮގްރާމަކީ އެރަށު އެންވަޔަރަމަންޓް ސޮސައިޓީ އިން އިސްނަގައިގެން ފެށި ޕްރޮގްރާމެކެވެ.
މީގެ އިތުރުން ރައީސް ވަނީ އެރަށު މަލްޓި ޕާޕޮސް ހޯލްގެ ބިންގާ އިއްޔެވވެސް އަޅުއްވާދެއްވާފަ އެވެ.